ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-IMS/417/2026/86
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 10:10
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ގޮވާން ކުރުމާއި ގުޅޭ.

ރަށުގެ އެކި މަގުތަކުގައި ކައުންސިލްގެ ހުއްދަ ނެތި ގޮވާންކޮށް ދަނޑުވެރިކަން ކުރާކަން މިކައުންސިލަށް ފާހަގަކުރެވިފައި ވެއެވެ. މިކަމުގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ އުނދަގޫ ފޯރުމާއި އާންމު މަސްލަޙަތު ގެއްލޭފަދަ މައްސަލަތައް ދިމާވެ، އެކި ފަރާތްތަކުން ކައުންސިލަށް ޝަކުވާ ހުށަހަޅާފައި ވެއެވެ. އެހެންކަމުން އާންމު ރައްޔިތުންނަށް އުދަނގޫވާގޮތަށް ގޮވާންކޮށް ދަނޑުހެއްދުން ހުއްޓާލައި މިހާރު ކޮށްފައިވާ ގޮވާން 15 ދުވަހުގެ ތެރޭގައި މަގުތަކުން ނެގުމަށް ދަންނަވަމެވެ.

26 އޮގަސްޓް 2026