ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2016/19
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 25 ފެބުރުވަރީ 2016 15:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކޯޓް އެޑްމިނިސްޓްރޭޓަރ

މި ޑިޕާޓްމަންޓުގެ ނަންބަރު A/2015/120-ފ198 (22 ނޮވެންބަރު 2015) އިޢުލާނުން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ "ކޯޓް އެޑްމިނިސްޓްރޭޓަރ" މަޤާމަށް ފުރުޞަތު ހުޅުވާލުމުން، އެކަށީގެންވާ އަދަދަށް ޤާބިލު ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަޤާމަށް އިޢުލާން ކުރީމެވެ.

މަޤާމު

ކޯޓް އެޑްމިނިސްޓްރޭޓަރ

ރޭންކް: އީ.އެކްސް 1

އަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

1- ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/8,835 ރުފިޔާ

އެލަވަންސް

- ސަރވިސް އެލަވަންސް -/2000 (ދެހާސް) ރުފިޔާ

- ލިވިންގ އެލަވަންސް: -/2550 (ދެހާސް ފަސްސަތޭކަ ފަންސާސް) ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

 

 

1-  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

2-  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8، 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ

3-  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6، 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

4-  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

5-  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 4MS ރޭންކުގައި، މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

6-  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، MS3 ރޭންކުގައި، މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން. ނުވަތަ

7-  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، MS2 ރޭންކުގައި، މަދުވެގެން 9 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން، ނުވަތަ

8-  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، EX1 ރޭންކުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- އަތޮޅުގެ ކޯޓުތަކުގެ އިދާރީ މަސައްކަތްތައް އިންތިޒާމުކޮށް، މެޖިސްޓްރޭޓުންނާ ގުޅިގެން ކޯޓުން ދޭންޖެހޭ އެންމެހައި ޚިދުމަތްތައް ހަރުދަނާކަމާއެކު ދެވޭނެ އިންތިޒާމުތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ހަމަޖެއްސުމާއި އެ ޚިދުމަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

2- އަތޮޅުކޯޓުތަކުގެ އެންމެހައި ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް އިންތިޒާމުކުރުން.

3- އަތޮޅުގެ ކޯޓުތަކުގެ މުވައްޒަފުންގެ އެންމެހައި ކަންތައްތައް، ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ގަވާއިދާ އެއްގޮތަށް ހިންގައި ބެލެހެއްޓުން.

4- އަތޮޅުގެ ކޯޓުތަކުގެ އިންވެންޓްރީއާއި ސްޓޮކާއި ފައިސާއާބެހޭ އެންމެހައި ކަންތައްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހިންގައި ބެލެއްޓުން.

5- އަތޮޅުގެ ކޯޓުތަކުގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާ ފޯމުތައް ފުރިހަމަކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

6- އަތޮޅުތަކުގެ ކޯޓުތައް މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ޑިޕާޓްމަންޓުގެ ކަމާބެހޭ ސެކްޝަނާ ގުޅިގެން ކުރުން.

7- އަތޮޅުގެ ކޯޓުތަކުގެ މުވައްޒަފުންގެ މުސާރަޝީޓް ތައްޔާރުކުރުމާއި، މުވައްޒަފުންނަށް ކަނޑައެޅިފައިވާ ތާރީޚުގައި މުސާރަ ދެވޭނެގޮތް އިންތިޒާމު ކުރުމާއި ކޯޓުތަކުގެ ފަރާތުން އެކިތަންތަނަށް ކުރަންޖެހޭ ދަތުރުތައް އިންތިޒާމުކޮށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.

8- އަތޮޅުގެ ކޯޓުތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ފާހަގަކޮށް މުވައްޒަފުންނަކީ މަސައްކަތަށް އަހުލުވެރި ބަޔަކަށް ހަދައި ޑިޕާޓްމަންޓުން ރާވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމު

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި 25 ފެބުރުވަރީ 2016 ބުރާސްފަތި ދުވަހުގެ 15:00 ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ، އަތޮޅުގެ އެހެން ކޯޓުތަކަށް ދަތުރު ކުރަންޖެހޭ ހާލަތެއްގައި ދަތުރު ކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް އަހުލުވެރި ފަރާތަކަށްވުން.
11 ފެބުރުވަރީ 2016