ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120-C/1/2026/27
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 16:59
ސުންގަޑި: 06 ސެޕްޓެންބަރު 2026 14:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ޝަހާދާ އިޢުދާދީ އަދި ޝަހާދާ ސާނަވީ އިމްތިހާނުތަކުގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތަށް ޕޭޕަރ ސެޓަރުން ހޯދުން

2026 ވަނަ އަހަރުގެ ޝަހާދާ އިޢުދާދީ އަދި ޝަހާދާ ސާނަވީ ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް އުސޫލުން ޕޭޕަރ ސެޓަރ މަޤާމަށް މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

މަޤާމް:  ޕޭޕަރ ސެޓަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

الشهادة الإعدادية

ކަރުދާސް

التوحيد /  Theology

1

النحو /  Syntax

1

الصرف  /  Morphology

1

الإنشاء  /  Essay Writing

1

اﻷدب /  Literature

1

الرياضيات  /  Mathematics

1،2

العلوم /  Science

1

الدراسات الإجتماعية /  Social Studies

1

 

 

 

 

 

 

 

 

ސުވާލުކަރުދާސް ތައްޔާރުކުރަންވީ މާއްދާ ތަކާއި ޢަދަދު

الشهادة الثانوية

 

ކަރުދާސް

 

العلوم الشرعية / Islamic Studies

التوحيد /  Theology

1

 

الفقه /  Jurisprudence

1

اللغة العربية /  Arabic Language

النحو /  Syntax

1

 

الصرف  /  Morphology

1

الإنشاء  /  Essay Writing

1

اﻷدب /  Literature

1

البلاغة  /  Rhetoric Science

1

الرياضيات  /  Mathematics

1

1

1

الأحياء  /  Biology

1

2

 

الكيمياء  /  Chemistry

1

2

الفيزياء  /  Physic

1

2

المنطق Logic /

1

2

 

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

2026 ސެޕްޓެމްބަރ 9 އިން 2026 އޮކްޓޫބަރ 6  އަށް

( މެންދުރު 14:00 އިން ރޭގަނޑު 20:00 އަށް)

 

އުޖޫރަ:

   ޕޭޕަރަކަށް (ސުވާލު ކަރުދާހާއި މާކިންގ ސްކީމް އެކުލަވާލުމަށް) 6000.00/- ރުފިޔާ ( ހަހާސް ރުފިޔާ )

ޝަރުޠު:

 

  1. ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް (ޑިގްރީ) އެއް ނުވަތަ ބެޗްލާރސް އޮނާސް ޑިގްރީއެއް އަރަބިބަހުން ޙާޞިލްކޮށްފައިވުން ނުވަތަ
  2. ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް އަރަބިބަހުން ޙާޞިލްކޮށްފައިވުން
  3. ތިމާ ނުވަތަ ތިމާގެ އަނތްބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން
  4. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން

މަސްޢޫލިއްޔަތު:

  • ޝަހާދާ ސާނަވީ/ ޝާނަވީ އިއުދާދީ މާއްދާތަކުގެ އިމްތިޙާނު ކަރުދާސް އެކުލަވާލުމަށް ތައްޔާރުކޮށްފައިވާ ޓޭބަލް އޮފް ސްޕެސިފިކޭޝަނަށް ރިޢާޔަތްކޮށް، ސުވާލު ކަރުދާސްތައް ކަނޑައެޅޭ އުސޫލެއްގެ ދަށުން ތައްޔާރުކުރުން
  • ސުވާލާއެކު، އެ ސުވާލަށް ދެވިދާނެ ރަގަނޅު ހުރިހާ ޖަވާބެއް ހިމެނޭ ގޮތަށް މާކިންސްކީމް އެކުލަވާލުން
  • ސުވާލު ކަރުދާސް ފައިނަލް ކޮށް ޕްރޫފް ރީޑް ކުރުމުގައި ބައިވެރި ވުން.   

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

       1. ތަޢުލީމީ ފެންވަރު         %25 
       2. ކިޔަވައިދިނުމުގެ ތަޖުރިބާ     %25  

       3. އަމަލީ ތަޖުރިބާ          %25  

       4. އިންޓަވިއު             %25  

 

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

1-      ޕޭޕަރ ސެޓިންގ ގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި މަސައްކަތުގެ އަމަލީ ތަޖްރިބާ އަދި އިންޓަރވިއުއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތެކެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ދާއިރާއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
  2. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭނޭ ލިޔުން
  3. ވަނަވަރު
  4.  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

ސުންގަޑި:

   6 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/TT8ffruc8M2RaBw2A

  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4001347 ގުޅުއްވުން އެދެމެވެ.
27 އޮގަސްޓް 2026