ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120-C/1/2026/26
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 16:11
ސުންގަޑި: 06 ސެޕްޓެންބަރު 2026 14:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ އެސް. އެސް. ސީ ( ޤުރުއާން ) ޕައިލެޓް އިމްތިހާނުތަކުގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތަށް ޕޭޕަރ ސެޓަރއެއް ހޯދުން

2026 ވަނަ އަހަރުގެ އެސްއެސްސީ ( ޤުރުއާން ) ޕައިލެޓް އިމްތިހާނުގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓް އުސޫލުން ޕޭޕަރ ސެޓަރގެ މަޤާމަށް މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

މަޤާމް:  ޕޭޕަރ ސެޓަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:  (ޤުރުއާން 1

 

ކިޔުން ( 1 ޕޭޕަރ )

(ހ) ބަލައިގެން ކިޔުން

(ށ) ހިތުން ކިޔުން  

 

ލިޔުން ( 1 ޕޭޕަރ )

(ހ) ޢުލޫމުލް ޤްރުއާން 

(ށ) ތަޖުވީދު       

 

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

2026  ސެޕްޓެންބަރު 09 އިން 2026 ސެޕްޓެމްބަރ 30 އަށް

( މެންދުރު 14:00 އިން ރޭގަނޑު 20:00 އަށް)

 

އުޖޫރަ:

 12,000.00(ބާރަހާސް) ރުފިޔާ (ސުވާލު ކަރުދާހާއި މާކިންގ ސްކީމް އެކުލަވާލުން)  

 

ޝަރުޠު:

ޝަރުޠުތައް

1. މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ކީސްޓޭޖުގެ 4

( ގްރޭޑް 9،10 ) ، ގެ ސިލަބަހަށް  މަދުވެގެން 4 އަހަރު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެސް. އެސް.ސީ،ސިލަބހުގެ މަސައްކަތުގައި މިހާރުވެސް އުޅޭ ފަރާތަކަށްވުން

2. ސުވާލުކަރުދާސް ތައްޔާރުކުރާ އަހަރު ނުވަތަ އިމްތިޙާނަށް ކުދިން ތައްޔާރުކުރާ ނުވަތަ އެއަހަރު އިމްތިޙާން ހަދާ ދަރިވަރަކަށް ކިޔަވައިދޭ މީހަކަށް ނުވުން

3. ތިމާ ނުވަތަ ތިމާގެ އަނތްބެއް، ފިރިއެއް، ދަރިއެއް، އިމްތިޙާނުގައި ބައިވެރި ނުވުން

4. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން

މަސްޢޫލިއްޔަތު:

1. ގައުމީ އިމްތިހާންތަކުގެ، މާއްދާތަކުގެ އިމްތިޙާނު ސުވާލުކަރުދާސް އެކުލަވާލުމަށް

 ތައްޔާރުކޮށްފައިވާ ޓޭބަލް އޮފް ސްޕެސިފިކޭޝަނަށް ރިޢާޔަތްކޮށް، ސުވާލު ކަރުދާސްތައް ކަނޑައެޅޭ އުސޫލެއްގެ ދަށުން ތައްޔާރުކުރުން

 2. ސުވާލާއެކު، އެ ސުވާލަށް ދެވިދާނެ ރަގަނޅު ހުރިހާ ޖަވާބެއް ހިމެނޭ ގޮތަށް މާކިންސްކީމް އެކުލަވާލުން

 3.  މުޤައްރަރު (ސިލަބަސް) އާއި ދަރިވަރުންގެ ފޮތްބައި މުޠާލިޢާ ކުރުމާއި ފާއިތުވި ފަސް އަހަރުގެ ޕާސްޕޭޕަރ ދިރާސާ ކުރުން

 4. ސުވާލު ކަރުދާސް ފައިނަލް ކޮށް ޕްރޫފް ރީޑް ކުރުމުގައި ބައިވެރި ވުން.   

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

   1. ތަޢުލީމީ ފެންވަރު      %25
   2. ކިޔަވައިދިނުމުގެ ތަޖުރިބާ  %25

   3. އަމަލީ ތަޖުރިބާ       %25

   4. އިންޓަވިއު          %25

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

1- ޕޭޕަރ ސެޓިންގ ގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި މަސައްކަތުގެ އަމަލީ ތަޖްރިބާ އަދި އިންޓަރވިއުއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތެކެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. މި މަޤާމަށް ހާއްސަކުރެވިފައިވާ ދާއިރާއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
  2. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭނޭ ލިޔުން
  3. ވަނަވަރު
  4.  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

ސުންގަޑި:

 6 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/37VduTPAYLAaQTzs6

  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4001347 ގުޅުއްވުން އެދެމެވެ.
27 އޮގަސްޓް 2026