ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް،
މާލެ، ދިވެހިރާއްޖެ.
ނަންބަރު: FSM-ADV/2026/175
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހެޑް އޮފީހުގެ 7 ވަނަ ފަނގިފިލާގެ B ބްލޮކްގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 06 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލް ކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތުތައް ހިމަނުއްވަންވާނެއެވެ.
- ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރައްވާނެ ފަރާތް އަދި މަޤާމް
- ބީލަމުގެ އިޢުލާނު ނަންބަރ
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.
- ބީލަން ހުށަހެޅުން: ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ، 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.
މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
27 އޮގަސްޓް 2026