ދިވެހިރާއްޖެ
ޢިއުލާން
ކާބޯތަކެތީގެ މައުރަޒާއި ގުޅޭ
ރައްޔިތު އަންހެނުންނަށް ރަށުގައި ތިބެގެން އާމްދަނީއެއް ހޯދައިދިނުމުގެ މަޤުޞަދުގައި މިކޮމެޓީގެ ފަރާތުން "އ.ތ.މ ކޮމެޓީގެ ކާބޯތަކެތީގެ މަޢުރަޒު 2026" ގެ ނަމުގައި 03 އޮކްޓޫބަރ 2026 ވާ ހޮނިހިރުދުވަހު ހަވީރު ޖިމް ސަރަޙައްދުގައި މަޢުރަޒެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި މަޢުރަޒުގައި އަމިއްލަ ގޮތުން ނުވަތަ ގުރޫޕްގެ ގޮތުގައި ބައިވެރިވެވިދާނެއެވެ. މި މައުރަޒު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ފަރާތްތަކުން އަމިއްލައަށް ސްޓޯލް ހަދައިގެންނެވެ. ސްޓޯލް ތަކުން ވިއްކާ ތަކެތިން ލިބޭ ފައިސާ އަކީ އެފަރާތަކަށް ނުވަތަ އެގްރޫޕަކަށް ލިބޭ އެއްޗެކެވެ. މި މަޢުރަޒުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ނެގުމަށް ހަމަޖެހިފައެއްނުވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން "އ.ތ.މ ކޮމެޓީގެ ކާބޯތަކެތީގެ މަޢުރަޒު 2026 ގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަކުރައްވައި ކައުންސިލަށް ހުށަހެޅުއްވުންއެދެމެވެ. މަޢުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް އިނގުރައިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ފޮނުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރ 7975919 އާއި ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.