ބީލަން
ނަންބަރު: (IUL)272/272/2026/103
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 09 ސެޕްޓެންބަރު 2026 13:30
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026' ގެ އޮފިޝަލް އިވެންޓް ފޮޓޯގްރަފީ އަދި ލައިވް ސްޓްރީމިންގ ޕާޓްނަރެއް ހޯދުން

'ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026' ގެ އޮފިޝަލް އިވެންޓް ފޮޓޯގްރަފީ އަދި ލައިވް ސްޓްރީމިންގ ޕާޓްނަރެއް ހޯދުން

 

'ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026' ގެ އޮފިޝަލް އިވެންޓް ފޮޓޯގްރަފީ އަދި ލައިވް ސްޓްރީމިންގ ޕާޓްނަރަކަށް ވާނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ލިންކު މެދުވެރިކޮށް ބީލަމުގައި ރަޖިސްޓަރީވުމަށްފަހު، ތިރީގައި ދެންނެވިފައިވާ ތާރީޙަށް މިއިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް މިކަމާގުޅޭގޮތުން އެކުލަވާލެވިފައިވާ މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ. މި މަޢުލޫމާތު ކަރުދާހާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލުތަކާއި ބީލަން ހުށަހަޅާ ފޯމް ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަމުގައިރަޖިސްޓްރީވުން:

 ބީލަމުގައި ބައިވެރިވުމަށް 100.00ރ (ސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެއެވެ. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ން 02 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.cloud.microsoft/r/k4P0sZxFii 

މަޢުލޫމާތު ސާފުކުރުން:

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މެއިލު ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 07 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނަންބަރާއެވެ.

ކޯޓޭޝަން/އަންދާސީ ހިސާބު ހުށަހެޅުން:

ކޯޓޭޝަން ހުށަހަޅާނީ 09 ސެޕްޓަންބަރު 2026 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ޑިސްކޮލިފައި ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ކޯޓޭޝަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އައި.ޑީ ކާޑު އަދި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

27 އޮގަސްޓް 2026