ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-D/120/2026/34
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 02 ސެޕްޓެންބަރު 2026 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ މެއި/ޖޫންގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ ރީޗެކް ކުރުމާއި ގުޅޭ

          މިޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން (އެއްވެސް ސްކޫލަކަށް ނިސްބަތް ނުވާ ކެންޑިޑޭޓުން) އިމްތިޙާނު ހެދި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާނަމަ، އެކަމަށް އެދޭ ފޯމު (ސާރވިސް ރިކުއެސްޓް ފޯރމް) ފުރިހަމަ ކުރުމަށްފަހު 2026 ސެޕްޓެންބަރު 02 ވާ ބުދަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސާރވިސް ރިކުއެސްޓް ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުން (އިއްޒުއްދީން ބިލްޑިންގ، ފަޅުމަތީ މަގު) އަދި ވެބްސައިޓް www.dpe.edu.mv  އިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ފުރާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

          ސެންޓަރުތަކުގައި މިހާރު ކިޔަވަމުންދާ ކެންޑިޑޭޓުން ހުށަހަޅާނީ އެ ކެންޑިޑޭޓަކު ނިސްބަތްވާ ސެންޓަރަކަށެވެ.

          ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ ހުށައެޅުއްވުން އެދެމެވެ.

          27 އޮގަސްޓް 2026

27 އޮގަސްޓް 2026