މަސައްކަތް
ނަންބަރު: 527-A/2026/8
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 31 އޮގަސްޓް 2026 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހދ. ކުމުންދޫ މެޖިސްޓްރޭޓް ކޯޓަށް 2 ފައިލްރެކް ޖަހައިދޭނެ ފަރާތެއް ހޯދުން

މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް، މިކޯޓަށް 2 ފައިލްރެކް ޖަހައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 އޮގަސްޓް 31 ވަނަ ދުވަހުގެ 13:00އަށް ހދ. ކުމުންދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ކުރެހުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ހދ. ކުމުންދޫ މެޖިސްޓްރޭޓް ކޯޓު، ހދ. ކުމުންދޫ / ދިވެހިރާއްޖެ ،ފޯން: 6528955                 

 އީ-މެއިލް: [email protected]

27 އޮގަސްޓް 2026