ދިވެހިރާއްޖެ
|
ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުން |
ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2026 ސެޕްޓެންބަރު 7 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު މި އިދާރާއަށް ވަޑައިގެން މިބީލަމުގެ "ބީލަން ރަޖިސްޓްރޭޝަން ޝީޓް" ރަޖިސްޓަރީ ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި އިއުލާނާ އެއްހީރަސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި [email protected] މެއިލް ކުރެއްވުމުން ރަޖިސްޓަރީ ކުރާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތް ތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދެންނެވީމެވެ. |
|
ބީލަމުގެ މާޢުލޫމާތު ދިނުމުގެ ސެޝަން |
މަސައްކަތުގެ ޕްރީބިޑް / މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނުބާއްވާނެއެވެ. |
|
ބީލަން ހުޅުވުން |
މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ސެޕްޓެންބަރު 8 ވާ އަންގާރަ ދުވަހުގެ 10:30 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " އއ. ތޮއްޑޫ އަންހެން ވޮލީޓީމް މަތިވެރި ވޮލީލީގް 2026 މެޗްތައް ކުޅުމަށް މަތިވެރިއަށް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. |
|
އިތުރު މަޢުލޫމާތު |
މި ބީލަމާގުޅޭ މަޢުލުމާތު ހޯދުމަށް ގުޅުއްވާނީ 6660537 މިނަންބަރު ފޯނަށެވެ. |