ކުއްޔަށް ދިނުން
ނަންބަރު: 456-C(A)/2016/06
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 22 ފެބުރުވަރީ 2016 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށް މިރަށުން ބިން ދޫކުރުން

އިޢުލާން

މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށް މިރަށުން ބިން ދޫކުރުން

މަސް ކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށް މިރަށު ބަނދަރު ސަރަހައްދުން 4000 އަކަފޫޓުގެ 2 ބިން ކުއްޔަށް ދޫކުރުމަށް ގަސްދުކުރަމެވެ.

ވީމާ، މަސް ކައްކައި ހިއްކުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 02 މާރިޗު 2016 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑުހުށަހެޅުމަށް ދަންނަވަމެވެ.

ބިޑު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލު:

އަގު

ޕްރޮޕޯޒަލް

ތަޖުރިބާ

ޖުމްލަ ޕޮއިންޓް

60

25

15

100

ބިޑު ކާމިޔާބުކުރާ ފަރާތަކީ މި އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާޠިލުކުރެވޭނެވާހަކަވެސް ދެންނެވީމެވެ.

01 ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016