|
އިޢުލާނު
|
|
މަޤާމު:
|
ޕަބްލިކް ރިލޭޝަންސް އޮފިސަރ
|
|
މަޤާމުގެ ނަންބަރު
|
J-460272
|
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ޕަބްލިކް ސަރވިސް ރޭންކް 5 – ސްޓެޕް 1
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މީޑިއާ އެންޑް އެވެއަރނެސް ޔުނިޓް / މޯލްޑިވްސް ޒަކާތު ހައުސް
|
|
އަސާސީ މުސާރަ:
|
މަހަކު 9,495.00 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
މަހަކު 2,850.00 ރުފިޔާ
|
|
އެހެނިހެން އެލަވަންސް:
|
- ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 75.00 ރުފިޔާ
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑު (01 ނޮވެންބަރު 2025 އާ އެއްގޮތަށް) އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މޯލްޑިވްސް ޒަކާތު ހައުސްގެ މެންޑޭޓުގައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުންނާއި އިދާރާގެ އިސްވެރިންނާއި މުވައްޒަފުން ކުރައްވާ ރަސްމީ ދަތުރުތަކުގެ އިތުރުން އިދާރާއިން ހިންގާ ހަރަކާތްތަކާއި ޕްރޮގްރާމުތަކާއި ޖަލްސާތަކާއި ބައްދަލުވުންތަކާ ގުޅޭ ގޮތުން، ދިވެހިބަހުންނާއި އިނގިރޭސި ބަހުން ޚަބަރު ތައްޔާރުކޮށް، ގަވާއިދުން މީޑިއާއަށް މަޢުލޫމާތު ފޯރުކޮށްދީ ވެބްސައިޓް، އެކްސް އަދި ސޯޝަލް މީޑިއާގެ އެހެނިހެން ވަޞީލަތްތައް އަދާހަމަކޮށް ބެލެހެއްޓުން.
- ޒަކާތު ހައުސްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު މީޑިޔާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުން.
- ޒަކާތު ހައުސްގެ މުހިއްމު ކަންކަމާއި އެހިނދަކު ކުރިޔަށް ގެންދާ ކަންކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ ކޮންޓެންޓް ތައްޔާރުކޮށް އެ ޕޯސްޓްތަކުގެ އޯޑިއޯ އަދި ވީޑިއޯ އެޑިޓްކޮށް ގްރެފިކްސް މަސައްކަތްކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓްކުރުން.
- ޒަކާތް ޝަރުޢުކުރުމުގެ ޙިކުމަތާއި ޒަކާތް ދެއްކުމުގެ މުހިންމުކަމާއި ބޭނުންތެރިކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުން.
- ޒަކާތު ހައުސްއާ ޒަކާތާ ގުޅިގެން ނެރެން ޖެހޭ ފޮތްތައް އެކުލަވާލާ ޕަބްލިޝްކުރުމާ ގުޅޭ މަސައްކަތްތައް ކުރުން.
- އިވެންޓްތަކާއި ޕްރެސް ކޮންފަރެންސްތަކުގެ އިންތިޒާމުކުރުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގެ އިތުރުން ފޮޓޯ އާއި ވީޑިއޯ ލައިބްރަރީއެއް ޤާއިމްކޮށް ބެލެހެއްޓުން.
- ޒަކާތު ހައުސްއިން ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުން ދިވެހިބަހުންނާއި އިނގިރޭސި ބަހުން ޕްރެޒެންޓޭޝަން ތައްޔާރުކުރުމާއި ޕްރެޒެންޓްކުރުން.
- ޒަކާތު ހައުސްގެ މަސައްކަތްތަކާއި ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން މީޑިއާގެ ފަރާތްތަކުން އެދޭ މަޢުލޫމާތުތައް، ކަމާ ބެހޭ ސެކްޝަން/ ޔުނިޓު އިން ހޯދުމަށް ފަހު، މީޑިއާތަކަށް ފޯރުކޮށްދިނުމަށް ތައްޔާރުކުރުން.
- ޒަކާތު ހައުސްއިން ދޭ ޚިދުމަތްތަކާއި ކުރާ މަސައްކަތާ ގުޅޭ ގޮތުން ބާއްވަން ޖެހޭ ނިއުސް ކޮންފަރެންސްތައް ބޭއްވުމުގެ މަސައްކަތް ކުރުވުން.
- ޒަކާތު ހައުސްގެ އެކި ސެކްޝަން އަދި ޔުނިޓުތަކުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ހޯދާ ޚަބަރު ތައްޔާރުކުރުމާއި މައުލޫމާތުތައް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
- ޒަކާތު ހައުސްގެ އެކިއެކި ކޮމިޓީތަކުގެ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ލިޔުންތައް ތައްޔާރުކުރުމާއި، އެ ކޮމިޓީތަކުގެ އިދާރީ މަސައްކަތްތައް ކުރުން.
- ޔުނިޓުން ޖަވާބު ދޭން ޖެހޭ ލިޔުންތަކަށް ޒަކާތު ހައުސްގެ އުޞޫލުތަކާ އެއްގޮތަށް ޖަވާބު ދިނުމާއި، ލިޔަން ޖެހޭ ނޯޓު، މެމޯ އަދި ސިޓީ ފަދަ ލިޔުންތައް ލިޔެ ފޮނުވޭކަން ކަށަވަރުކުރުން.
- ޒަކާތު ހައުސްގެ ރަސްމީ މަސައްކަތްތަކާ ގުޅޭ ގޮތުން ޙަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތަކާއި އަދި ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
- ޔުނިޓުގެ ލިޔެކިޔުންތައް ތަރުތީބުކޮށް ފައިލްކޮށް ރައްކާތެރިކަމާ އެކު ބެލެހެއްޓުމާއި، އިދާރާއިން ހިންގާ ޚާއްސަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީއެއް ޙާޞިލުކޮށްފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޑްވަޓައިޒިންގ އެންޑް ގްރެފިކް ޑިޒައިން
- އެޑްވަޓައިޒިންގ އެންޑް މަލްޓިމީޑިއާ
- އެނިމޭޝަން
- އެނިމޭޝަން އެންޑް މަލްޓިމީޑިއާ ޑިޒައިން
- އެނިމޭޝަން ޑިޒައިން
- އޯޑިއޯ ވިޝުއަލް ކޮމިއުނިކޭޝަން
- ބްރޯޑްކާސްޓް އެންޑް ޑިޖިޓަލް ޖަރނަލިޒަމް
- ބްރޯޑްކާސްޓް ޖަރނަލިޒަމް
- ކޮމިއުނިކޭޝަން ޑިޒައިން
- ކޮމިއުނިކޭޝަންސް
- ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން
- ކްރިއޭޓިވް މަލްޓިމީޑިއާ
- ކްރިއޭޓިވް ނިއު މީޑިއާ ޓެކްނޯލޮޖީ
- ޑިޒައިން
- ޑިޒައިން އެންްޑް އެޑްވަޓައިޒިންގ
- ޑިޖިޓަލް އެންޑް އިންޓަރެކްޝަން ޑިޒައިން
- ޑިޖިޓަލް އެންޑް ވިޝުއަލް ކޮމިއުނިކޭޝަން
- ޑިޖިޓަލް ޑިޒައިން
- ޑިޖިޓަލް ޖަރނަލިޒަމް
- ޑިޖިޓަލް މާކެޓިންގ
- ޑިޖިޓަލް މީޑިއާ ޑިޒައިން
- އެޑިޓިންގ އެންޑް ވިޝުއަލް އިފެކްޓް
- އިމަރޖިންގ މީޑިއާ
- ފައިނޭންޝަލް ޖަރނަލިޒަމް
- ގްރެފިކް ޑިޒައިން
- ގްރެފިކް ޑިޒައިން އެންޑް ފޮޓޯގްރަފީ
- ގްރެފިކްސް އެންޑް މަލްޓިމީޑިއާ
- އިލުސްޓްރޭޝަން
- އިންޓަރެކްޝަން އެންޑް އެކްސްޕީރިއަންސް ޑިޒައިން
- އިންޓަރެކްޓިވް މީޑިއާ ޕްރެކްޓިސް
- އިންވެސްޓިގޭޓިވް ޖަރނަލިޒަމް
- ޖާނަލިޒަމް
- ޖަރނަލިޒަމް އެންޑް ކޮމިއުނިކޭޝަން
- ޖަރނަލިޒަމް އެންޑް ޑިޖިޓަލް މީޑިއާ ޕްލެޓްފޯމްސް
- ޖަރނަލިޒަމް އެންޑް މީޑިއާ ސްޓަޑީޒް
- މީޑިއާ އެންޑް އާޓްސް ޓެކްނޯލޮޖީ
- މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް
- މީޑިއާ ކޮމިއުނިކޭޝަން
- މީޑިއާ ޑިޒައިން
- މީޑިއާ ސްޓަޑީޒް
- މޯޝަން ޑިޒައިން
- މަލްޓިމީޑިއަރ ޑިޒައިން
- މަލްޓިމީޑިއާ ޖަރނަލިޒަމް
- މަލްޓިމީޑިއަރ ޕަބްލިކް ރިލޭޝަންސް
- މަލްޓިމީޑިއަރ ޓެކްނޮޮލޮޖީ
- ޕޮލިޓިކަލް ކޮމިއުނިކޭޝަންސް
- ޕްރިންޓް ޖަރނަލިޒަމް
- ޕަބްލިކް ރިލޭޝަންސް
- ސްކްރީން އެންޑް މީޑިއާ
- ޓީ.ވީ އެންޑް ރޭޑިއޯ ޖަރނަލިޒަމް
- ޓެލެވިޒަން ޖަރނަލިޒަމް
- ވިޜުއަލް އާރޓްސް
- ވިޝުއަލް ކޮމިއުނިކޭޝަންސް
- ވިޝުއަލް ޑިޒައިން
- ވިޝުއަލް އިފެކްޓްސް
- ވެބް އާޓްސް އެންޑް ޓެކްނޯލޮޖީސް
|
|
ގުޅޭ ވަޒީފާގެ ދާއިރާ:
- ޕަބްލިކް ރިލޭޝަންސް
- ކޮމިއުނިކޭޝަންސް ނުވަތަ ނޫސްވެރިކަމުގެ ދާއިރާގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 'ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު)' ގެ 12ވަނަ މާއްދާގައި ހިމަނާފައިވާނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ސެޕްޓެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ ރިސެޕްޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާއާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އަދި އިމްތިހާނުއޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިހާނު އޮންނާނީ، 2026 ސެޕްޓެންބަރު 6 އާއި 2026 އޮކްޓޫބަރު 5ވަނަ ދުވަހާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3021414 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|