މުބާރާތް
ނަންބަރު: (IUL)299/299/2026/42
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 31 އޮގަސްޓް 2026 09:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޤުރުޢާން މުބާރާތާއިގުޅޭ

އިޢުލާން            

ކައުންސިލް ޤުރުޢާން މުބާރާތާއިގުޅޭ

 

މި ކައުންސިލުން އާންމުކޮށް ހުޅުވާލައިގެން މިހިނގާ 1448 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތް ބޭއްވުމަށް ކުރެވުނު (IUL)299/299/2026/31 (09 އޮގަސްޓް 2026) އިޢުލާނާއި، އަދި ނަންބަރު (IUL)299/299/2026/32 (13 އޮގަސްޓް 2026) އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ.

 

2026 ސެޕްޓެމްބަރ 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ވާދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ވާދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، 2026 އޮގަސްޓް 31 ވާ ހޯމަ ދުވަހުގެ 09:00ގެ ނިޔަލަށް، މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު އިތުރުކުރެވިފައި ވާކަމުގައި ދަންނަވަމެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ދެންނެވިފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ތިރީގައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް ދެންނެވީމެވެ.

ގޫގުލް ފޯމުގެ ލިންކް: https://forms.gle/S4q9z6ARgYKZRKcu8

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

27 އޮގަސްޓް 2026