ދިވެހިރާއްޖެ
ނޫރު މިސްކިތުގެ ވަށައިގެންވާ ސަރަހައްދުގައި ކުރަންހުރި ބައެއް މަސައްކަތްތަކާއި ގުޅޭ
ނޫރު މިސްކިތުގެ ވަށައިގެންވާ ސަރަހައްދުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މަޢުލޫމާތު ޝީޓްގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަން ބިޑްހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތުގެ މައުލޫމާތު ހިމެނޭ މައުލޫމާތު ޝީޓާއި ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި ބިޑް ހުށަހަޅާ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ،ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން )މުއްދަތު ހަމަނުވާ( ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 07 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރެއިން ގަޑިއަށް ހުށަހަޅާފައިނުވާ ބިޑްތަކާއި މައުލޫމާތު ފުރިހަމަ ނުވާ ބިޑްތައް ބާޠިލް ކުރެވޭނެއެވެ. މި ބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ބައްދަލްވުމާއި، ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައިވާ ތާވަލްގައި ބަޔާންކުރެވިފައިވާނެއެވެ.
|
|
ތަން |
ތާރީޙް |
ދުވަސް |
ގަޑި |
|
މައުލޫމާތު ބައްދަލްވުން |
ތ.ވަންދޫ ކައުންސިލް އިދާރާ |
08 ސެޕްޓެންބަރު 2026 |
އަންގާރަ |
10:30 |
|
ބިޑް ހުށަހެޅުން |
ތ.ވަންދޫ ކައުންސިލް އިދާރާ |
10 ސެޕްޓެންބަރު 2026 |
ބުރާސްފަތި |
10:30 |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 6780041 ނުވަތަ 6780762 ފޯނާގުޅުއްވުންއެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.