މުބާރާތް
ނަންބަރު: (IUL)248-ESMSED/248/2026/72
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 05 ސެޕްޓެންބަރު 2026 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2026 ގައި ބައިވެރިވުމަށް ހުޅުވާލުން

ހއ. އަތޮޅުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމާއި، ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިން ބިނާކުރުމާއި، ރަށު ފެންވަރުގައި ތިބި ހުނަރުވެރި ވޮލީ ކުޅުންތެރިން ފާހަގަކޮށް އެފަރާތްތަކަށް ކުރިއަށްދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަގުޞަދުގައި މި ކައުންސިލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ "އިހަވަންދޫ ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2026"، 2026 ސެޕްޓެމްބަރ 18 ވާ ހުކުރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ހއ. އިހަވަންދޫގެ ފިރިހެން ވޮލީ ކުޅުންތެރިންނަށް (ޓީމުތަކަށާއި)، އިހަވަންދޫ ފިޔަވައި، ހއ އަތޮޅުގައި ހުރި ކުލަބް ޖަމިއްޔާތަކަށާއި ސަރުކާރުގެ މުވައްސަސާތަކަށް ހުޅުވައިލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. 

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން، 2026 ސެޕްޓެމްބަރ 5 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުން އެދެމެވެ. ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. ވީމާ، މުބާރާތުގެ ޤަވާއިދާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް  މިއިއުލާނާއެކު އާންމުކޮށް އިޢުލާންކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.gle/6xZAkmECxVQYodvZA

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

27 އޮގަސްޓް 2026