|
މަޤާމު:
|
ސީނިއަރ މީޑިއާ އޮފިސަރ
|
|
ރޭންކު:
|
MS1/B
|
|
ސެކްޝަން/ޑިޕާޓްމަންޓް:
|
މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަން- ލެޖިސްލޭޓިވް އެފެއާޒް ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
1
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ތައުލީމީ ދާއިރާ:
|
ޖާނަލިޒަމް، މާސް ކޮމިއުނިކޭޝަން
|
|
މަސައްކަތުގެ ތަޖުރިބާ:
|
ނޫސްވެރިކަމާއި މީޑިއާގެ ދާއިރާއިން ލިޔުމުގެ މަސައްކަތު ތަޖުރިބާ
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާގެ ރަސްމީ ޚަބަރުތަކާއި، ނޫސްބަޔާންތަކާއި، އަދި ސްޕީޗްތައް ފެންވަރު ރަނގަޅު މިންގަނޑަކަށް ތައްޔާރުކޮށް، ވެބްސައިޓާއި މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކޮށް ބެލެހެއްޓުން.
- މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ ރަސްމީ އެޕޮއިންޓްމަންޓްތަކާއި ބައްދަލުވުންތަކަށް ހާޒިރުވެ، އެފަދަ ހަރަކާތްތަކުގެ ޚަބަރާއި މަޢުލޫމާތު އެންމެ ފުރިހަމަ ގޮތަކަށް ތައްޔާރުކުރުން.
- ދުވަހުން ދުވަހަށް މަޖިލީހުގެ ޖަލްސާތަކާއި އެހެނިހެން ހަރަކާތްތަކުގެ ޚަބަރު، ފޮޓޯ، އަދި މީޑިއާ ކޮންޓެންޓް ވެބްސައިޓަށް އަޕްލޯޑްކޮށް ޑިޖިޓަލް މިންގަނޑުތަކާ އެއްގޮތަށް މެނޭޖްކުރުން.
- މަޖިލީހާ ގުޅޭ ޚަބަރާއި މައުލޫމާތު ބޭނުންވާ އާންމު ފަރާތްތަކަށާއި، ދައުލަތުގެ މުއައްސަސާތަކަށް އަދި ނޫސްވެރިންނަށް ލުއިފަސޭހަކަމާއެކު އެ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- މަޖިލީހުގެ އިދާރާގެ ފަރާތުން ބާއްވާ ނޫސްކޮންފަރެންސްތަކާއި މީޑިއާ ބައްދަލުވުންތައް ފުރިހަމައަށް އިންތިޒާމުކޮށް، ނޫސްވެރިންނާއި ބްރޯޑްކާސްޓަރުންނަށް ބޭނުންވާ ފަސޭހަތައް މަޖިލިސްކުރާގޭގައި ހަމަޖައްސައިދިނުން.
- މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމަށް ނެރެންޖެހޭ މަޢުލޫމާތު ފޮތް، ލީފްލެޓް އަދި އެހެނިހެން ޕަބްލިކޭޝަންތައް ތައްޔާރުކޮށް ޝާއިޢުކުރުން.
- ސެކްޝަންގެ އަހަރީ ބަޖެޓާއި އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި އިސްކޮށް ބައިވެރިވެ، ކަމާބެހޭ ޑިޕާރޓްމަންޓްތަކަށް ބޭނުންވާ އެއްބާރުލުން ދިނުން.
- ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޓީމްވާރކް ހަރުދަނާވެ މަސައްކަތުގެ ރޫހު ދިރޭނެގޮތުގެ މަތިން އެހެން ސެކްޝަން / ޑިޕާރޓްމަންޓްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދިނުން އަދި މަޖިލީހުގެ އިދާރާގެ މެންޑޭޓް ފުރިހަމަ ކުރެވޭނެ ގޮތަށް އަމަލުތައް ބެހެއްޓުމާއި މަސައްކަތްކުރުން.
|
|
އަސާސީ މުސާރަ:
|
މަހަކު 9,550 ރުފިޔާ
|
|
އެލަވަންސް/އިނާޔަތްތައް:
|
- ހާޒިރީ އެލަވަންސްގެ ގޮތުގައި ހަމަޖެހިފައިވާ އުސޫލުން މަހަކު 4,400 ރުފިޔާ
- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3,500 ރުފިޔާ
- ޚާއްސަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20
- ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ
|
|
ސުންގަޑި:
|
7 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން.
|
|
އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.
https://majlis.gov.mv/apply
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ.
- ތައުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ހ) ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހާސިލުކޮށްފައިވާ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ށ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކުރި ކޯހެއްގެ ސެޓްފިކެޓް ލިބިފައި ނުވާނަމަ، އެ މަރުކަޒަކުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން: ކުރިން ވަޒީފާއެއް އަދާކޮށްފައިވާ ނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާއެއްގައި ހޭދަވީ މުއްދަތާއި އަދާކުރި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގޭނެ ގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.
|
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ޕޮއިންޓު ދެވޭނެގޮތުގެ މިންގަނޑު:
|
- ތައުލީމް: 35 އިންސައްތަ
- މަސައްކަތާ ގުޅޭ ތަޖުރިބާ: 20 އިންސައްތަ
- އިންޓަވިއު: 45 އިންސައްތަ
|
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުކުރެވޭނެއެވެ.
- މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އިންޓަރވިއު އަށް ޝޯޓްލިސްޓްކުރެވޭނީ އެންމެ މަތިން މާކްސް ލިބޭ 15 ފަރާތެވެ.
|