ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)240-CA/240/2016/4
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 18 ފެބުރުވަރީ 2016 10:30
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންފަރެންސް ޓޭބަލެއް ހޯދުމަށް

އިޢުލާން

އަތޮޅު ކައުންސިލަށް ކޮންފަރެންސް ޓޭބަލެއް ހޯދުމަށް

ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާއަށް 18 މީހުންގެ ޖާގައިގެ ކޮންފަރެންސް ޓޭބަލެއް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މިތަކެތި އަމިއްލަ ޚަރަދުގައި މިކައުންސިލަށް ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

29 ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016