މަސައްކަތް
ނަންބަރު: (IUL)326/PRIV/2026/9
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 15 ސެޕްޓެންބަރު 2026 10:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ބޭނުންވާ އައިޓީ ކޮންސަލްޓެންޓެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ޅ. ހިންނަވަރު ކައުންސިލަށް ބޭނުންވާ އައިޓީ ކޮންސަލްޓެންޓެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ޕްރީބިޑް މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް    08 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 10:00ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމް ވާނެއެވެ.

ބިޑް (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 15 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 10:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  •  ގަޑިޖެހިގެން ބިޑް ހުށަހަޅަން ވަޑައިގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.

 

 

 

އިތުރު މަޢުލޫމާތު:

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6620301 (ރަސްމީ ގަޑީގައި)

އީމެއިލް: [email protected]

27 އޮގަސްޓް 2026