ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GAAH/GAAH/2026/27
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 16:01
ސުންގަޑި: 02 ސެޕްޓެންބަރު 2026 14:00
ގއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސްޕީޗް -ލޭންގުއޭޖް ޕެތޮލޮޖިސްޓް - ގއ.އަތޮޅު ހޮސްޕިޓަލް

                                     `

ގއ.އަތޮޅު ހޮސްޕިޓަލް                                                 

ގއ.ވިލިނގިލީ، ދިވެހިރާއްޖެ   

                                               ނަންބަރ :  (IUL)GAAH/GAAH/2026/27

ސްޕީޗް -ލޭންގުއޭޖް ޕެތޮލޮޖިސްޓް މަޤާމަށް މީހަކު ހޯދުމަށް

މަޤާމް

ސްޕީޗް -ލޭންގުއޭޖް ޕެތޮލޮޖިސްޓް

މަޤާމުގެ ނަންބަރު:

J-365569

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ޕަބްލިކް ސަރވިސް ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7

މަޤާމުގެ އަސާސީ މުސާރަ:

-/12423 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/5797 ރުފިޔާ

ޙާޟިރީ އިނާޔަތް

ދުވާލަކު -/157 ރުފިޔާ

ވަޒީފާއަދާކުރާންޖެހޭ ތަން :

ގއ.އަތޮޅު ހޮސްޕިޓަލް

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީގެ ހާއްސަ ދާއިރާތަކުން ޚިދުމަތް ބޭނުންވާ ފަރާތްތަކަށާއި ޑޮކްޓަރުން ރިފަރކުރާ ބަލިމީހުންނަށް ޚިދުމަތްދީ ފަރުވާދިނުން.
  2. ފަރުވާދިނުމުގައި ބަލިމީހާގެ ހާލަތަށް އެންމެ އެކަށޭނަ ފަރުވާ ޚިޔާރުކޮށް ރޭވުމަށްފަހު، ފަރުވާތެރިކަމާ އޯގާތެރިކަމާއެކު އެ ފަރުވާއެއް ބަލިމީހާއަށް ފޯރުކޮށްދިނުމާއި، ރޭވިފައިވާ ފަރުވާ ކުރިއަށް ގެންދިއުމުގައި ބަލިމީހާ ރަނގަޅުވަމުންދާ މިންވަރު ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  3. ބަލިމީހާއަށް ފަރުވާދޭ އެހެން ޞިއްޙީ ޚިދުމަތްތެރިންނާ ގުޅިގެން މަސައްކަތް ކުރުމާއި، އެހެން ސްޕެޝަލިސްޓުންނަށް ރިފަރކުރަންޖެހޭ ހާލަތްތަކުގައި ރިފަރކުރުން.
  4. ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީ ދާއިރާގެ މުވައްޒަފުންނަށް އިރުޝާދު ދިނުން.
  5. ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީ ދާއިރާގެ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުމުގެ ގޮތުން އޮރިއެންޓޭޝަން ޕްރޮގްރާމްތަކާއި ތަމްރީން ޕްރޮގްރާމްތައް ހިންގުން.
  6. ޞިއްޙީ ދާއިރާގެ އެޑްމިނިސްޓްރޭޓަރުންނާއި ނަރުހުންނާއި އެނޫންވެސް ޞިއްޙީ ދާއިރާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީ ފަންނަށް ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމްތައް ހިންގުން.
  7. ޕްރައިމަރީ ހެލްތު ޕްރޮގްރާމާއި  ބެހޭ އެންމެހާ ކަންކަމުގައި ބައިވެރިވުން
  8. މިނޫނަސް ހޮސްޕިޓަލުން ގޮވާލާ ރަސްމީ މަސައްކަތުގައި ބައިވެރިވުން
  9. ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީގެ ފަންނު ކުރިއަރުވައި ދިރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  10. މުއާމަލާތް ކުރުމުގެ މައްސަލަ ހުންނަ ބަލިމީހުންގެ ފަރުވާއާބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯޓްތައް ޝާއިޢުކުރުން.
  11. -ސްޕީޗް-ލޭންގުއޭޖް ޕެތޮލޮޖީ ދާއިރާގެ މުވައްޒަފުންނަށް އިރުޝާދު ދިނުން.

މަޤާމްގެ ޝަރުޠުތައް

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 މަޤާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް

  1. އޯޑިއޮލޮޖީ 
  2. އޯޑިއޮލޮޖީ އެންޑް ސްޕީޗް ޕެތޮލޮޖީ 
  3. ކޮމިއުނިކޭޝަން ސައިންސް 
  4. ހިއަރިންގ ސައިންސް 
  5. ސްޕީޗް އެންޑް ލެންގުއޭޖް ޕެތޮލޮޖީ 
  6. ސްޕީޗް ޕެތަލޮޖީ 
  7. ސްޕީޗް ޕެތޮލޮޖީ އެންޑް އޯޑިއޮލޮޖީ 
  8. ސްޕީޗް ތެރަޕީ

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ،    ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ        ސެޓްފިކެޓު،ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.             

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6.   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:    

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް "ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" ގައި ބަޔާންކޮށްފައި ވާނެއެވެ

 

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ސެޕްޓެމްބަރ 2026 ގެ 14:00 ގެ ކުރިން، ގއ.އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 03 ސެޕްޓެމްބަރ 2026 އިން 1 އޮކްޓޯބަރ 2026 ދެމެދު  ގއ.އަތޮޅު ހޮސްޕިޓަލުގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

26 އޮގަސްޓް 2026