ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީއުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެކުލަވާލަންޖެހޭ 05 އަހަރުދުވަހުގެ ތަރައްޤީ ޕްލޭން އަދި ފައިނޭންސިއަލް ޕްލޭން އެކުލަވާލުމަށްޓަކައި، ކަމުގެ ތަޖްރިބާކާރު ކުންފުންޏަކާއި ޙަވާލުކުރެވިގެން 29 އޮގަސްޓު 2026 ވާ ހޮނިހިރު ދުވަހު ކުރިއަށް ގެންދެވޭ ވޯކްޝޮޕްގެ 50 ބައިވެރިންގެ މެންދުރުގެ ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 އޮގަސްޓު 27 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 9984021 ނަންބަރާއި ގުޅުންވުންއެދެމެވެ.