ދިވެހިރާއްޖެ
|
އިޢުލާން |
ނަންބަރ |
(IUL)409/409/2026/47 |
|
ތާރީޚް: |
13 ރަބީޢުލްއައްވަލު 1448 |
|
|
26 އޯގަސްޓް 2026 |
ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސެންސް ދޫކުރުމާބެހޭ
ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް އަތޮޅުކައުންސިލް ތަކުގެ އިތުރުން ރަށު ކައުންސިލްތަކުންވެސް ދިނުމަށް އިޤްތިސާދީ ތަރައްޤީ އާއި ދަތުރުފަތުރާއި، ވިޔަފާރިއާއި ބެހޭ ވުޒާރާއިން ނިންމާ، ކައުންސިލްތަކަށް އެފުރުސަތު ހުޅުވާލުމާއި ގުޅިގެން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުމަށް ވާންޖެހޭތައްޔާރީތައް ވުމަށް މިކައުންސިލުން މިދަނީ ތައްޔާރުވަމުންނެވެ.
އެގޮތުން ކަނޑުއުޅަނދު ދުއްވާ އުޅަނދު ފަހަރު ދުއްވުމުގެ އިމްތިޙާން ދެއްވުމަށް އެގްޒަމިނަރަކު ހޯދުމަށް ބޭނުންވެއެވެ. އެގްޒަމިނަރަކު ހޮވުމުގައި ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއި އެކު ގިނަ ކެޓަގަރީތައް އޮތް ފަރާތަކަށް އިސްކަންދެވޭނެއެވެ. އަދި އެފަރާތަކީ ލައިސެންސް ނެގިފަހުން މަދުވެގެން އެއް އަހަރު ދުވަހު އުޅަދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކަނޑު ލައިންސެންސްގެ ކޮޕީ، ނިޔަމިކަމުގެ ސެޓްފިކެޓްގެ ކޮޕީ އަދި އައި.ޑީކާޑުގެ ކޮޕީ ހިމެނޭގޮތަށް ސިޓީއެއް 15 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލްގެ އީމެއިލް [email protected] އީމެއިލް ކޮށްދެއްވުންއެދެމެވެ.
އެގްޒަމިނަރަށް ޓެސްޓްހަދާ ކޮންމެ ބޮލަކަށް 40ރ (ސާޅިސް ރުފިޔާ) ދެވޭނޭވާހަކަ ދަންނަވަމެވެ.