ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރއަށް ބޭނުންވާ 40 ފޫޓުގެ 02 ކޮންޓެއިނަރ ފޯރުކޮށްދީ އިންސްޓޯލް ކޮށްދިނުމާއި މި މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.
|
|
ތާރީޚް އަދި ގަޑި |
ތަން |
|
މަޢުލޫމާތު ސާފުކުރުން |
31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 10:00 ގައި |
ހދ. ހަނިމާދޫ އެގްރިކްލަޗަރ ސެންޓަރ، ހދ. ހަނިމާދޫ |
|
އަންދާސީ ހިސާބު ހުށަހެޅުން |
06 ސެޕްޓެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 11:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، ވެލާނާގެ 7 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު، މާލެ، އަދި ހދ. ހަނިމާދޫ އެގްރިކްލަޗަރ ސެންޓަރ، ހދ. ހަނިމާދޫ |
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3309331 އަދި 3339231 ނަންބަރު ފޯނަށެވެ.