ދިވެހިރާއްޖެ
މި ކައުންސިލާއި ނާލާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބާއްވާ މިކައުންސިލްގެ 2 ވަނަ ޤުރުއާން މުބާރާތް 24 ސެޕްޓެމްބަރ 2026 އިން 26 ސެޕްޓެމްބަރ 2026 އާ ދެމެދު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މިމުބާރާތް ބޭއްވުމަށް މިކައުންސިލުން ނިންމާފައިވަނީ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އާންމުކޮށް އިޢުލާން ކުރުމަށްފަހު އެކަމަށް އެދިހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށްފަހު އެފަރާތަކާޢި ހަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 12:00 އަށް މިކައުންސިލުން ބާއްވާ ޕްރީބިޑް މީޓިންގގައި ބައިވެރިވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ސެޕްޓެމްބަރ 2028 ވާ އަންގާރަ ދުވަހުގެ 12:00 އަށް މިކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބުހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި ކައުންސިލްގެ ނަމްބަރ: 6720034 ގުޅުއްވުމަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދި ދެންނެވީމެވެ.