ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ
ނަމްބަރ:331/331/2026/62(IUL)
އިޢުލާން
ކ.ގާފަރުން ދިރިއުޅުމަށް ދޫކުރި ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ލިބުނު ގޯތި ބަދަލުކުރުމަށް ފުރުސަތު ހުޅުވާލުން
ކ.ގާފަރުން ދިރިއުޅުމަށްޓަކައި ދޫކުރެވުނު 60 ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ބޭއްވުނު ގުރުއަތުން ލިބިފައިވާ ގޯތި، އެއްގޯތި އަނެއް ގޯއްޗާއި ބަދަލުކުރުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.
ވީމާ ގޯތި ބަދަލުކުރުމަށް އެދޭ ފަރާތްތަކުން 2026 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުން އެދެމެވެ. ގޯތި ބަދަލުކުރުމަށް ހުށަހަޅާއިރު އެކަމަށް އެދޭ ދެފަރާތުގެ ސިޓީވެސް ހުށަހަޅަން ޖެހޭނެއެވެ. މި މުއްދަތުގެ ފަހުން މިކަމަށް އެދި ހުށަހަޅާ އެއްވެސް ހުށަހެޅުމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.