މަސައްކަތް
ނަންބަރު: C1MC/IUL/2016/02
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 25 ފެބުރުވަރީ 2016 11:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން ކުރިއަށްގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

ށ.ކަނޑިތީމު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 22 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 11:00 އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 25 ފެބުރުވަރީ 2016

އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ށ.ކަނޑިތީމު މެޖިސްޓްރޭޓް ކޯޓް

01 ޖުމާދަލްއޫލާ 1437 

10 ފެބުރުވަރީ 2016