ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ISO 9001:2015 ސެޓިފިކޭޝަން ހޯދުމަށްޓަކައި، Stage 1 އަދި Stage 2 ގެ އޮޑިޓް މަސައްކަތްތައް ފުރިހަމަކޮށް، ސެޓިފިކޭޝަން ޚިދުމަތް ފޯރުކޮށްދޭނެ އެކްރެޑިޓް ކުރެވިފައިވާ ފާމެއް، އޯގަނައިޒޭޝަނެއް ނުވަތަ ސެޓިފިކޭޝަން ބޮޑީއެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތުގެ ތެރޭގައި، އޮޑިޓުން ފާހަގަކުރެވޭ ނޮން-ކޮންފޯމިޓީތައް ރަނގަޅުކޮށް ނިންމުމަށްފަހު، މި ކޯޕަރޭޝަނަށް ISO 9001:2015 ސެޓިފިކޭޝަން ދޫކުރުން ހިމެނެއެވެ.
ވީމާ، މި ޚިދުމަތް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމަށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރ ކުރައްވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ތާވަލާ އެއްގޮތަށް މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްސީލް |
ތަން |
ސުންގަޑި |
|
ބިޑް ރެޖިސްޓްރޭޝަން |
(IUL)FDC-P/1/2026/63 - Provision of ISO 9001:2015 Audit and Certification Services – Fill in form ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ. |
30 އޮގަސްޓް 2026 / 10:00 ގެ ކުރިން |
|
މައުލޫމާތު ސެޝަން އަދި މައުލޫމާތު ކަރުދާސް ދޫކުރުން |
ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ ފަތަނގުމާގެ، މާލެ |
31 އޮގަސްޓް 2026 / 10:00 |
|
ބީލަން ހުށަހެޅުން |
ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ ފަތަނގުމާގެ، މާލެ |
03 ސެޕްޓެމްބަރ 2026 / 10:00 |
އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:
- މި ބީލަމުގެ ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- މި ބީލަމުގެ މައުލޫމާތު ކަރުދާސް ހިއްސާ ކޮއްލެވޭނީ ހަމައެކަނި އިންފޮމޭޝަން ސެޝަންއަށް ދުރުވާ ބޭފުޅުންނަށެވެ.
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (ފަތަނގުމާގެ، ސޯސަން މަގު، ކ.މާލެ) ގައެވެ.
މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 14:00 ދެމެދު މި ކޯޕަރޭޝަނަށް 3341946 އަށް ގުޅުއްވުން
ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.