މުބާރާތް
ނަންބަރު: (IUL)252/252/2026/131
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 03 ސެޕްޓެންބަރު 2026 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

                     މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

                 މި އިދާރާގެ ނަންބަރ: (IUL)252/252/2026/89 23 ޖޫން 2026 ގެ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ އެއިއުލާނު ބާތިލްކޮށް، މި ކައުންސިލުންދޭ މަޢޫލޫމާތާ އެއްގޮތަށް ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ އަލުން އިއުލާނު ކުރަމެވެ.

                 ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރައްވަވާ ލޯގޯ ހުށަހެޅުއްވުމަށް ދެންނެވީމެވެ. ލޯގޯ ހުށަހެޅުމުގެ ފުރުޞަތު އާއްމު ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށާއި އާއްމު ފަރުދުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. ލޯގޯ ޑިޒައިންކުރަންވީ ގޮތުގެ މައުލޫމާތު ޝީޓް މި އިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާނެއެވެ. ހުށައަޅުއްވާ ލޯގޯ ތަކުގެ ތެރެއިން 01 ވަނަ އަށް ހޮވޭ ލޯގޯއަކަށް ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން -/2000ރ (ދެހާސް ރުފިޔާ) ފައިސާ އިނާމެއްގެ ގޮތުގައި ދިނުމަށްވަނީ ހަމަޖެހިފައެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.gle/jmCLfcnHYdVftAdP7                     

 

ރަޖިސްޓްރީ ކުރުން

03 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެކުރިން

ލޯގޯ ހުށަހެޅުން

10 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 13:00 ގައި

 

                ލޯގޯ ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމަކާއި އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ލޯގޯގެ ހާރޑް ކޮޕީ ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

 

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 އޮގަސްޓް 2026