ދިވެހިރާއްޖެ
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ހދ.އަތޮޅު ކައުންސިލް ގުޅިގެން ހދ.އަތޮޅުގެ މަސައްކަތްކުރާ ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމްތަކުގައި ތިރީގައިވާ ދާއިރާތަކުން ކިޔަވައިދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.
ދާއިރާތައް: |
|
|
ޓްރެއިނަރުން ހޮވުމުގައި ބަލާނެ ކަންތައްތައް: |
ތަޢުލީމު، ކިޔަވައިދިނުމުގެ ތަޖުރިބާ އަދި މަސައްކަތުގެ ތަޖުރިބާ |
|
ހުށަހަޅަންވީ ތާރީޚު |
23 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހދ. އަތޮޅު ކައުންސިލް އިދާރާއަށް (މެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެ. މެއިލް އެޑްރެހަކީ [email protected] ފެކްސް ނަންބަރަކީ 6528875) |
ވީމާ، ޓްރެއިނިންގ ނަންގަވައިދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އެ ފަރާތެއްގެ ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ޓްރެއިނިންގ ނަންގަވައިދެއްވުމަށް އެދި ހުށަހަޅާ ފަރާތްތައް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ޓްރެއިނަރސް ރަޖިސްޓަރީގައި ހިމެނޭނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ސިޓީ ފޮނުއްވަވާއިރު އެ ބޭފުޅަކު ކިޔަވައިދިނުމަށް ޝައުޤުވެރިވާ ދާއިރާތައް އެނގޭނެގޮތަށް ލިޔުއްވުން އެދެމެވެ.
01 ޖުމާދަލްއޫލާ 1437