ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)316/316/2026/59
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 02 ސެޕްޓެންބަރު 2026 13:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން އިކޯސެންޓްރޯގައި މަސައްކަތް ކުރާނެ މުވައްޒަފުންގެ ޕޫލެއް އެކުލަވާލުން.

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން އިކޯސެންޓަރުގައި މަސައްކަތްކުރާނެ މުވައްޒަފުންގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވެއެވެ.

މަސައްކަތުގެ ވަގުތު: ދުވާލަކު 6 ގަޑިއިރު

މުސާރަ: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު ގަޑިއިރަކަށް 50.00 ރުފިޔާ (ޕެންޝަން ކޮންޓްރިބިއުޝަން ހިމަނައިގެން)

ބޭނުންވާ މަޤާމް:

  • މުނިސިޕަލް މަސައްކަތު

ވަޒީފާއަށް ނެގޭނެ މުއްދަތު:

  • ·       ވަޒީފާއަށް އައްޔަނު ކުރެވޭ ތާރީހުން ފެށިގެން 31 ޑިސެންބަރު 2026 ގެ ނިޔަލަށް

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

  • ވޭޖް ޕޫލްގައި ބައިވެރިވުމަށް އެދޭ ފޯމް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވީމާ މި ޕޫލްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ޕޫލްގައި ބައިވެރިވުމަށް އެދޭ ފޯމް އަދި އެހެނިހެން ލިޔެކިޔުންތައް 2026 ސެޕްޓެމްބަރު 02 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާނަމަ އިމެއިލް ކުރައްވާނީ [email protected] އަށެވެ. މި ޕޫލްގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކިހާދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 އޮގަސްޓް 2026