ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-154/2016/12
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:57
ސުންގަޑި: 24 ފެބުރުވަރީ 2016 14:00
ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ޕްރިންޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި:  ދާއިމީ

މަޤާމުގެ ރޭންކު: އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގުރޭޑް 1

މުސާރަ: -/3،950 ރުފިޔާ

ސަރވިސް އެލަވަންސް: -/1،050 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ކުނބުރުދޫ ސްކޫލް

 

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ޕްރިންޓްކުރުމުގެ މަސައްކަތް:

ހ- ޓީޗަރުން ދެއްވާ ވާރކްޝީޓާއި ޓެސްޓްޕޭޕަރުތައް، ހަމަޖެހިފައިވާ ޤަވާއިދުތަކުގެމަތީން ޕްރިންޓްކުރުން.

ށ- އެއްވެސް އެކަޑަމިކް ސްޓާފަކަށް، ގަވައިދާ ޚިލާފަށް އެއްވެސް އެއްޗެއް ޕްރިންޓްކޮށް ނުދިނުން.

ނ- ޕްރިންޓްކުރުމަށް ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޕްރިންޓްކޮށް ނިމުމުން ސްޓޭޕްލް ކުރަންޖެހޭ އެއްޗެއްނަމަ ސްޓޭޕްލްކުރުމަށްފަހު ރައްކާތެރިކަމާއެކު ސެޝަން އިންޗާޖާ ނުވަތަ ލީޑިންގ ޓީޗަރާ ހަވާލުކުރުން.

ރ- ޕްރިންޓް ރޫމަކީ ތަފާތު ކުލާސްތަކުގެ ވާރކްޝީޓާއި ޓެސްޓް ޕޭޕަރު ބެހެއްޓިފައިވާ ތަނަކަށްވުމުން، އެކަމާ ނުގުޅޭ ފަރާތްތައް ޕްރިންޓިންގ ރޫމަށް ވަނުމަށް ހިތްވަރުނުދިނުމާއި، ގޮވައިގެން ގޮސް ވާހަކަދައްކަން ނުތިބުން.

ނ- އެއްވެސް ސްޓާފަކު ނުވަތަ އެހެން ފަރާތަކުން އެމީހެއްގެ އަމިއްލަ އެއްޗެއްގެ ފޮޓޯކޮޕީ ނަގަން ބޭނުންނަމަ، ޕްރިންސިޕަލް ނުވަތަ ޕްރިންސިޕަލް ކަނޑައަޅުއްވާފައިވާ ފަރާތެއްގެ ހުއްދަ ހޯދައި، ދެއްވާ އިރުޝާދާ އެއްގޮތަށް ކަންތައްތައް ކުރުން.

ރ- ޕްރިންޓްކުރަންޖެހޭ އެންމެހައި ތަކެތި ޕްރިންޓްކުރުމާއި، ސްޓެޕްލް ކުރުމާއި، ބަންޑްލް ކުރުމާއި، ލެމިނޭޓްކުރުމާއި، ބައިންޑްކުރުމަށްދެވޭ ތަކެތި ބައިންޑްކޮށް ލީކްނުވާނެގޮތަކަށް އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

ބ. ޓެސްޓް ޕޭޕަރުތައް ޕްރިންޓްކުރާނަމަ، ބޭނުންވާވަރަށްވުރެ އިތުރަށް ކުރެވިފައިވާ ކަރުދާސްތަކާއި ސްޓެންސިލްތައް ޕްރިންޓްކޮށް ނިމުމާއެކު، އެވަގުތު އެކަމާ އެންމެ އިސްކޮށްއުޅުއްވާ ބޭފުޅެއްގެ ހާޒިރުގައި އެ ތަކެތި އަންދައިލުން.

ޅ- ޕްރިންޓްކުރުމުގެ މަސައްކަތާ ގުޅިގެން ހޯދަންޖެހޭ ތަކެތި ހުސްވުމުގެ ކުރިން އެކަށީގެންވާ މުއްދަތު (ލަސްވެގެން ރަސްމީ ބަންދުނޫން 7 ދުވަސް ކުރިއަށް) އޮއްވައި، އެތަކެތި ހޯދުމަށް އިދާރާއަށް ރިކުއެސްޓްކުރުމާއި، ޕްރޮސެސް ހިނގާވަރު ބަލައި ކަށަވަރުކުރުން.

ކ- ޕްރިންޓްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރެވޭގޮތް ބެލުމަށް އެކަމަށް ޚާއްޞަ ލޮގްތަކެއް ހަދައި އެތަކެތި ބޭނުންކުރުމާއި، މިކަމާ ގުޅިގެން ސްކޫލުގެ އިސްވެރިން ބޭނުންވާ އެންމެހައި މަޢުލޫމާތު ގަވާއިދުން ދިނުން.

2. ޕްރިންޓް ރޫމާއި މެޝިނަރީޒްތައް ސާފުކޮށް ބެލެހެއްޓުން:

ހ- ޕްރިންޓްކުރުމުގައި ބޭނުންކުރާ މެޝިންތަކާއި އެހެނިހެން އިކްއިޕްމަންޓްތައް، ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތި މަރާމާތުކޮށް ސްކޫލުގެ ޕްރިންޓިންގ ޕްރޮސެސްއަށް ދަތިނުވާނެގޮތަކަށް ކަންކަން ރާވައި ބެލެހެއްޓުން.

ށ- މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމަކީ ޕްރިންޓަރަށް ޙައްލުނުކުރެވޭ ކަމެއްކަމުގައިވާނަމަ، ޕްރިންސިޕަލަށް ނުވަތަ ޕްރިންސިޕަލް ކަނޑައަޅުއްވާފައިވާ ފަރާތަކަށް އެކަން އަންގައި، އަވަސް ފުރުޞަތެއްގައި މެޝިން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.

ނ- ޕްރިންޓިންގރޫމް ސާފުކުރުމަށް ހަވާލުވެފައިވާ މަސައްކަތުމީހާ ލައްވައި ޤަވާއިދުން އެކަން ކުރުވުން. މިގޮތަށް އެކަން ކުރިއަށް ނުދާކަމުގައިވާނަމަ، ކަނޑައެޅިފައިވާ މުވައްޒަފަށް މިކަން އެންގުން.

ރ- ސްކޫލުން ބޭރަށްދާ ވަގުތުތަކުގައި ޕްރިންޓް ރޫމް ތަޅުލުން.

3. އެހެނިހެން ކަންތައްތައް:

1 – ދަރިވަރުންގެ ފަރާތުން ސްކޫލުތެރޭގައި އުޅޭއިރު ފެންނަ ތަފާތު އަޚުލާޤީ މައްސަލަތައް ޙައްލުކުރުމަށް ނަސޭޙަތްދިނުމާއި، އެކަމާބެހޭ ބޭފުޅަކަށް އެންގުން.

2 – ސެޝަން އިންޗާޖަށާއި ލީޑިންގ ޓީޗަރުންނަށް، އެބޭފުޅުން އެދިލައްވާ އެހީތެރިކަން ފޯރުކޮށްދިނުން.

3– މި ސްކޫލުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި، މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުން.

4– ސްކޫލުން ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި މި މަގާމުގެގޮތުން ކުރެވޭ އެންމެހައި ކަންކަމުގައި ސްކޫލަށް އެއްބާރުލުން ދިނުން.

5. ސްކޫލު ހިންގުމަށް ބޭނުންވާ ކަންތައްތައް ކުރުމުގައި ސްކޫލުން އަންގައިލުމުން (ބަންދު ދުވަހެއްކަމުގައިވިޔަސް) ސްކޫލަށް ހާޒިރުވުން.

6. ހަވާލުކުރެވޭ މަސައްކަތެއްގެ ބާވަތުން ރަސްމީ ގަޑީގައި އެމަސައްކަތެއް ނުނިމުނުކަމުގައިވިޔަސް، އިތުރު ވަގުތުގައި އެ މަސައްކަތްތައް ކޮށްނިންމުން. މިގޮތަށް މަސައްކަތެއް ކުރަންޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތެއް ކުރުމަށް ސްކޫލުގެ އިސްވެރިޔާ ނުވަތަ ކަނޑައަޅާފައިވާ ފަރާތުގެ ހުއްދަ ހޯދުން.

މަޤާމުގެ ޝަރުޠު:

- ޖީ. ސީ. އީ. އޯލެވެލް ނުވަތަ އޭލެވެލް ނިންމާފައިވުން.

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއ، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާތާ ފަސްދުވަހުގެ ތެރޭގައެވެ. ވީމާ، މި މުއްދަތުގެ ތެރޭގައި އިންޓަވިއު އޮންނާނެ ތާރީޚާއި، ވަގުތާއި، ތަން އަންގައިލާނަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު ރަސްމީގަޑީގައި މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ގަޑީގައި، ކުނބުރުދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީީ 24 ވާ ބުދަ ދުވަހު 14:00 އެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6680842 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

6 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016