މަސައްކަތް
ނަންބަރު: (IUL)353/353/2026/64
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 08:46
ސުންގަޑި: 30 އޮގަސްޓް 2026 14:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުނޑީގައި ފާޚާނާބަރިއެއް އިމާރާތް ކޮށްދޭނެފަރާތެއް ހޯދުން

އިޢުލާނު

 

 

 

ތުނޑީގައި ފާޚާނާބަރިއެއް އިމާރާތް ކޮށްދޭނެފަރާތެއް ހޯދުން

ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ތުނޑީގައި ފާޚާނާ ބަރިއެއް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފާރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

          ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އދ. ދިގުރަށު ކައުންސިލަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތަފްސީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބިޑް ރެޖިސްޓްރޭޝަން

އދ ދިގުރަށު ކައުންސިލް އިދާރާ

އާދީއްތަ

30 އޮގަސްޓް 2026

14:00

ބިޑް ހުށަހެޅުން

އދ ދިގުރަށު ކައުންސިލް އިދާރާ

އަންގާރަ

1 ސެޕްޓެމަބަރ 2026

13:00

 

          ނޯޓް: ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް ([email protected] ) މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.

          އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން ބިޑް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ގަންނަށް ލިބެން ހުންނާނެއެވެ. މި ފޯމުގެ އަގަކީ -/100 ރުފިޔާއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6680631 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެނގުމަށްޓަކައި އިޢުލާނުކުރީމެވެ.

1448 C 11

24 އޮގަސްޓް 2026

 

                                                  އިބްރާހީމް ޢުޘްމާން

                                                     ކައުންސިލްގެ ރައީސް

 

 

26 އޮގަސްޓް 2026