މަސައްކަތް
ނަންބަރު: 480/IUL/2026/18
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 08:08
ސުންގަޑި: 30 ސެޕްޓެންބަރު 2026 08:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ސްޓެންޑަޑް ސެޓިންގ ޕެނަލްއަށް ޤާނޫނީ ވަކީލުން ހޯދުން

2026 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ސްޓެންޑަޑް ސެޓިންގ ޕެނަލްގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ޤާނޫނީ ވަކީލުން މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ. 

 

މަޤާމު / މަސައްކަތް

ސްޓެންޑަޑް ސެޓިންގ ޕެނަލްގެ މެންބަރު

މެންބަރުން ބޭނުންވާ ޢަދަދު:

  • ސީނިއަރ ޤާނޫނީ ވަކީލުން (3)
  • މިޑް-ލެވެލް ޤާނޫނީ ވަކީލުން (3)
  • ޖޫނިއަރ ޤާނޫނީ ވަކީލުން (2)
  • ނިއުލީ ކޮލިފައިޑް ޤާނޫނީ ވަކީލުން (2)

މަސައްކަތަށް ހޭދަވާނެ ވަގުތު:

މި ޕެނަލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 25 އިން 29 އަށެވެ. މި މަސައްކަތަށް ހޭދަވާނެކަމަށް ލަފާކުރެވެނީ ގިނަވަގެން 3 ދުވަހެވެ.

ސްޓެންޑަޑް ސެޓިންގ ޕެނަލްގެ މަސައްކަތަށް ކުރިމަތިލާ ޤާނޫނީ ވަކީލުންނަކީ މި މަސައްކަތަށް ވަގުތު ހުސްކުރެވޭނޭ މީހުންނަށް ވާންވާނެއެވެ.

އަސާސީ ޝަރުތުތައް:

  1. ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާސިލުކޮށްފައިވުން؛
  2. ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތުން؛
  3. ކަނޑައެޅިފައިވާ ކެޓަގަރީއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛
  • ސީނިއަރ ޤާނޫނީ ވަކީލުން: 10 އަހަރަށްވުރެ ގިނަވުން.
  • މިޑް-ލެވެލް ޤާނޫނީ ވަކީލުން: 6 – 10 އަހަރު
  • ޖޫނިއަރ ޤާނޫނީ ވަކީލުން: 2 – 5 އަހަރު
  • ނިއުލީ ކޮލިފައިޑް ޤާނޫނީ ވަކީލެއްނަމަ، ޤާނޫނީ ވަކީލުކަން ކުރާތާ 2 އަހަރު ނުވާ ފަރާތެއްކަމުގައި ވުން؛ އަދި
  1. ދިވެހި ބަހާއި އިނގިރޭސިބަހަށް ފަރިތަވުން.

 

ނޯޓް: ބާ އިމްތިޙާނަކަށް ނުވަތަ ޕްރޮފެޝަނަލް ލައިސަންސިންގ އިމްތިޙާނަކަށް އައިޓަމް ތައްޔާރުކުރެވޭ ގޮތާއި، އިމްތިޙާނުގެ ޕާސިންގ ސްކޯރ ކަނޑައެޅޭ ގޮތުގެ އަސާސީ ޢިލްމު ނުވަތަ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަސްއޫލިއްޔަތުތައް:

  • ބާ އިމްތިޙާނުގެ ޕާސިންގ ސްކޯރ ކަނޑައެޅުމަށް އިމްތިޙާނު ޑިވެލޮޕްކުރާ ފަރާތުން ބާއްވާ ޓްރެއިނިންގ ފުރިހަމަކުރުން
  • ބާ އިމްތިޙާނުގެ ޕާސިންގ ސްކޯރ ކަނޑައެޅުމަށް އިމްތިޙާނު ޑިވެލޮޕްކުރާ ފަރާތުން ކަނޑައަޅާފައިވާ މެތަޑް(ތައް) ބޭނުންކޮށްގެން ޕާސިންގ ސްކޯރ ކަނޑައެޅުމަށް ބޭނުންވާ މަސައްކަތްތައް ކުރުން
  • ޕެނަލްއަށް ބާ އިމްތިޙާނުގެ ސްޓެންޑަޑް ސެޓިންގއާ ގުޅިގެން ޙާވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން

މުސާރަ އާއި އެލަވަންސް:

މި ޕެނަލްގެ މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

ސްޓެންޑަޑް ސެޓިންގ ޕެނަލްގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ.

 

ގޫގްލް ފޯމް: https://forms.gle/CtwPkieFWfRDAnND7

ސުންގަޑި:

30 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 8:00

 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

26 އޮގަސްޓް 2026