ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2026/89
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 00:59
ސުންގަޑި: 03 ސެޕްޓެންބަރު 2026 13:00
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޑިރެކްޓަރ، ލޭބަރ ރިލޭޝަންސް

   (IUL)10-C/10/2026/89:ނަންބަރު

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ، ލޭބަރ ރިލޭޝަންސް

މަޤާމުގެ ނަންބަރު:

J-442848

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 9 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ / ރެގިއުލޭޓޮރީ އެންޑް އޮޕަރޭޝަނަލް ޑިވެލޮޕްމެންޓް ސެކްޝަން/ ކ.މާލެ

މުސާރަ:

މަހަކު  16,080.00ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު  7,505.00ރުފިޔާ

އެހެނިހެން އެލަވަންސް:

ހާޒިރީ ޢިނާޔަތް: ކަނޑައަޅާފައިވާ އުޞޫލުގައިވާގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް 205.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސޮލިއުޝަން ވޯކްފްލޯ އުފެއްދުމާއި، ކްލައިންޓުންގެ ފަރާތުން ބޭނުންވާ ކަންކަން އެއްކޮށް ރިވިއުކުރުމާއި، ބޭނުންވާ މަސައްކަތްތައް ކުރުން.          
  2. ޔުނިޓްގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކުރުމާއި އޮޕްޓިމައިޒްކޮށް، އެޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ޚިދުމަތް ފޯރުކޮށްދޭތޯ ކަށަވަރުކުރުމާއި އެކަންކަމާ ގުޅިގެން ކަމާގުޅުންހުރި ފަރާތްތަކަށް ޖަވާބުދާރީވުން.       
  3. ޑިޕަރޓްމަންޓުގެ އުސޫލުތައް ސިސްޓަމް ޕްރޮސީޖަރސް އާއި ވޯކްފްލޯއާ އެއްގޮތްކުރުމުގެ އެންމެހާ މަސައްކަތް ކުރުން.
  4. ޑިޕަރޓްމަންޓުގެ ޔުނިޓްތަކާއި އިންޓާނަލް ޑިވެލޮޕަރުންގެ ޓީމާ ގުޅިގެން މަސައްކަތް ކުރުން.
  5. ތަފްސީލީ ސިސްޓަމް ޓެސްޓިން ސްޓްރެޓެޖީތައް އެކުލަވާލައި ބޭނުންކުރުމާއި، ހަރުދަނާ ގޮތެއްގައި ސިސްޓަމް ޓެސްޓުތައް ހެދުމާއި، ބަގްސް ރިޕޯޓްކުރުމާއި ހައްލުކުރުމާއި، އެކި ޕްލެޓްފޯމްތަކުގައި ސިސްޓަމްގެ ރިލައިބިލިޓީ އާއި ސެކިއުރިޓީ ކަށަވަރުކުރުމުގެ މަސައްކަތް ކުރުން. އަދި ކޮލިޓީ އެޝުއަރެންސް ޕްރޮސެސްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށާއި އިންޑަސްޓްރީގެ މިންގަނޑުތަކަށް ފެތޭގޮތަށް ބައްޓަންކުރުމުގެ މަސައްކަތް.         
  6. ޔުނިޓުން ހިންގާ މަސައްކަތްތައް ފުރިހަމައަށް ބަލަހައްޓާ، ހަރުދަނާކުރުމުގެ ގޮތުން، ޕްރޮޖެކްޓް މެނޭޖްމަންޓް ސޮފްޓްވެއަރ ބޭނުންކޮށް، ޕްރޮޖެކްޓްތައް ހަރުދަނާ ގޮތެއްގައި ބަލަހައްޓައި އަދި މިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުން. 
  7. ސިސްޓަމް ޕާފޯމަންސް އެކްޓިވްކޮށް މޮނިޓަރ ކުރުމަށް ރިޕޯޓިންގ ފަންކްޝަނަލިޓީތައް ތަރައްޤީކުރުމާއި، އޮޕްޓިމައިޒޭޝަންގެ ފުރުޞަތުތައް ދެނެގަތުމާއި، ހަރުދަނާ ސިސްޓަމް ޓެސްޓުތަކާއި ބަގް ފިކްސް ވެރިފިކޭޝަން މެދުވެރިކޮށް ސިސްޓަމްގެ ރިލަބިލިޓީ ކަށަވަރުކުރުމުގެ މަސައްކަތް ކުރުން.
  8. އޭޕީއައި ކަނެކްޝަންގެ ފުރުސަތުތައް ދެނެގަތުމާއި، ސިސްޓަމްސް ޑިވެލޮޕްމަންޓް ޔުނިޓާ ގުޅިގެން މި އިންޓެގްރޭޝަންތަކަށް މަގުފަހިކޮށްދިނުމާ، އޭޕީއައި ދޭ އަދި ފޯރުކޮއްދޭ ފަރާތްތަކާއި ކަސްޓަމަރުންނާ މުޢާމަލާތްކުރުމާ، ގުޅުންތައް ބެލެހެއްޓުމާ، އެކުގައި މަސައްކަތްކޮށްގެން މައްސަލަތައް ހައްލުކުރުމާ، ޑައުންޓައިމްސް ނުވަތަ ބަދަލުތަކާ ގުޅޭ އަޕްޑޭޓްތައް ފޯރުކޮށްދިނުމާއި އަދި އިންޓަކަނެކްޓިވިޓީ އާއި ފަންކްޝަނަލިޓީ ކަށަވަރުކުރުކުރުމުގެ މަސައްކަތްތައް ކުރުން.
  9. ސިސްޓަމް ބޭނުންކުރުމާއި އަޕްޑޭޓްކުރުމާ ބެހޭ ގޮތުން ތަމްރީނު ދިނުމާއި، ސިސްޓަމް ހިންގުމުގައި މުވައްޒަފުންގެ ހުނަރު ދެނެގަތުމާއި، މިހާރު ކުރިއަށްދާ ސިސްޓަމްތަކުގެ އަޕްޑޭޓްތައް ޑޮކިއުމަންޓުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  10. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އެކްޓިވްކޮށް ސިސްޓަމް އިނޮވޭޝަން ކުރިއަށް ގެންދިއުމާއި، އިނޮވޭޓިވް ސޮލިއުޝަންތައް ހޯދުމާއި، މުސްތަގުބަލުގައި ސިސްޓަމްތައް ބޭނުންކުރުމަށް އަންނާނެ ޑިމާންޑްތަކާ ގުޅިގެން ސިސްޓަމްގެ ޤާބިލުކަން އިތުރަށް ހަރުދަނާ ކުރުމަށް ސްޓްރެޓެޖިކް ޕްލޭނިންގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ ހާސިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

 ނުވަތަ؛

  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ؛

  3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1.  ލޭބަރ އެންޑް އެމްޕްލޯއިމަންޓް ރިލޭޝަންސް 
  2. އެނަލިޓިކްސް 
  3. އެޕްލައިޑް މެތަމެޓިކްސް 
  4. އޮޑިޓިންގ އެންޑް މެނޭޖްމަންޓް ކޮންޓްރޯލް 
  5. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  6. ބިޒްނަސް މެނޭޖްމަންޓް 
  7. ޑޭޓާ މެނޭޖްމަންޓް 
  8. ޑޭޓާ ސައިންސް 
  9. އެމްޕްލޯއިމަންޓް އެންޑް ލޭބަރ ރިލޭޝަންސް 
  10. އެމްޕްލޯއީމަންޓް ލޯ 
  11. އެމްޕްލޮއިމަންޓް ރިލޭޝަންސް 
  12. ހިޔުމަން ރިސޯސް މެނޭޖްމަންޓް 
  13. އިންޑަސްޓްރިއަލް އެންޑް އެމްޕްލޯއިމަންޓް ރިލޭޝަން 
  14. އިންޑަސްޓްރިއަލް ރިލޭޝަންސް 
  15. ލޭބަރ ލޯ 
  16. ލޭބަރ މެނޭޖްމަންޓް 
  17. ލޭބަރ ރިލޭޝަންސް 
  18. ލޭބަރ ރިލޭޝަންސް ލޯ 
  19. ލޭބަރ ސްޓަޑީޒް 
  20. ލޯ 
  21. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  22. ޕަބްލިކް ޕޮލިސީ 
  23. ކޮލިޓީ އެޝުއަރެންސް 
  24. ކޮލިޓީ މެނޭޖްމަންޓް 
  25. ކޮލިޓީ ސިސްޓަމް މެނޭޖްމަންޓް 
  26. ކޮލިޓީ ސިސްޓަމްސް 
  27. ރިސަރޗް 
  28. ރިސަރޗް މެތަޑްސް 
  29. ރިސަރޗް ސްޓަޑީސް 
  30. ޝަރީޢާ އެންޑް ލޯ 
  31. ސޯޝަލް ޕޮލިސީ 
  32. ސޯޝަލް ރިސާރޗް 
  33. ސޯޝަލް ސައިންސް 
  34. ސްޓެޓިސްޓިކްސް 
  35. ސްޓެރެޓީޖިކް ބިޒްނަސް ޑިވެލޮޕްމަންޓް 
  36. ސްޓެރެޓީޖިކް މެނޭޖްމަންޓް 
  37. ސްޓްރެޓީޖިކް ކޮލިޓީ މެނޭޖްމަންޓް 
  38. ސްޓެރެޓީޖިކް ސްޓަޑީޒް 
  39. ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް 

މަޤާމުގެ މަސައްކަތު ދާއިރާތައް:

ވަޒީފާއާއި މަސައްކަތްތެރިންނާގުޅޭ ސިޔާސަތު، ޕޮލިސީ ނުވަތަ ސްޓްރެޓެޖީ އެކުލަވާލުމުގެ މަސައްކަތްތަކާގުޅޭ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.home.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހުގެ) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ސެޕްޓެންބަރު 03 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު  އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 ސެޕްޓެންބަރު 06 އާއި 15 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031543ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

 13 ރަބީޢުލްއައްވަލް 1448

26 އޮގަސްޓް 2026