ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2026/88
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 00:37
ސުންގަޑި: 03 ސެޕްޓެންބަރު 2026 13:00
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް، ރީހެބިލިޓޭޝަން

             (IUL)10-C/10/2026/88:ނަންބަރު

އިޢުލާނު

މަޤާމު:

ޑިރެކްޓަރ ޖެނެރަލް، ރީހެބިލިޓޭޝަން

މަޤާމުގެ ނަންބަރު:

J-449874

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 10 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ / ރިހެބިލިޓޭޝަން އެންޑް ރިއިންޓެގްރޭޝަން ސަޕޯޓް ޑިޕާޓްމަންޓް/ ކ.މާލެ

މުސާރަ:

މަހަކު 20,035.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 11,475.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 310.00 ރުފިޔާ
  2. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤާނޫނާ ޚިލާފުވާ ކުޑަކުދިން ރިހިބިލިޓޭޓް ކުރުމަށްފަހު އަނބުރާ މުޖުތަމަޢުއަށް ނެރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދީ، މޮނިޓަރކޮށް އަދި ޕޮލިސީ ލެވެލްގައި ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް އަދި މިކަންކަން ކުރުމަށް ބޭނުންވާ ފަންނީ އިރުޝާދާއި ލަފާދިނުން.
  2. މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ފަރުވާ ޕްރޮގްރާމްތައް އަދި ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ ހިނގަމުންދާގޮތް ކުރިއަށްދާގޮތް މޮނިޓަރކޮށް، ޕްރޮގްރާމް ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމުގައި އެހީތެރިވުމާއި ބޭނުންވާ ފަންނީ އިރުޝާދާއި ލަފާދިނުން.
  3. މިނިސްޓްރީގެ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ރިހިބިލިޓޭޝަނާއި ގުޅުންހުރި ސިޔާސަތުތައް މުރާޖަޢާކޮށް ތަންފީޛުވަމުންދާ މިންވަރު ބަލައި މޮނިޓަރކޮށް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ރިސަރޗްތައް ހިންގުމުގައި ވިލަރެސްވެ ހަރަކާތްތައް ހިންގުމަށް ބާރުއެޅުން.
  4. ޖުވެނައިލް ރިހިބިލިޓޭޝަން، މަސްތުވާތެކެއްޗާ ބެހޭ ރިހިބިލިޓޭޝަން އަދި ރެޑިކަލައިޒޭޝަން އާއިގުޅުންހުރި ސިޔާސަތުތަކާއި، ރިސަރޗްތައް އަދި އެކިއެކި ޕްރޮގްރާމްތައް ހިނގާ މިންވަރުބަލައި، މޮނިޓަރކޮށް ތަންފީޛުވަމުންދާ މިންވަރު ދެނެގަނެ އަދި މިކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދައި/ފޯރުކޮށްދިނުން.
  5. ޖަލުތައް، އެން.ޑީ.އޭ، ޑީ.ޖޭ.ޖޭ އަދި އެން.އަރ.ސީ އިން ހިންގާ ރިހިބިލިޓޭޝަން ޕްރޮގްރާމްތަކައި ބެހޭ އެސެސްމަންޓްތައް ހެދުމާއި ރެކޮމެންޑޭޝަންތައް ފޯރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  6. މި މިނިސްޓްރީއާއި ސަރުކާރުގެ އެހެނިހެން އޮފީސްތަކުން އެކުލަވާލެވިފައިވާ ކޮމެޓީތަކާއި އަދި އެހެނިހެން އޮފީސްތަކުންނާއި މިނިސްޓްރީތަކުން ބައްދަލުވުމަށް އެދިލައްވާ ބައްދަލުވުންތަކުގައި މި މިނިސްޓްރީ ތަމްސީލު ކުރުން.
  7. ޑިޕަރޓްމަންޓްގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން ޑިޕަރޓްމަންޓުގެ ދަށުގައިވާ ސެކްޝަންތަކުގެ ވެރިންގެ މަސައްކަތްތައް އޯވަރޯލްކޮށް ބަލަހައްޓައި ސެކްޝަންތައް މޮނިޓަރކުރުމާއި ސެކްޝަންގެ ވެރިންނަށް ހައްލު ނުކުރެވޭ ކަންކަމުގައި އިރުޝާދުދީ މަގުދައްކައިދިނުން.
  8. މީގެ އިތުރުން މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ،
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ،
  3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑިކްޝަން ސައިންސް  
  2. އެޑިކްޝަން ސްޓަޑީޒް  
  3. އެޕްލައިޑް ކްރިމިނަލް ޖަސްޓިސް އެންޑް ކްރިމިނޮލޮޖީ  
  4. އެޕްލައިޑް ކްރިމިނޮލޮޖީ  
  5. އެޕްލައިޑް ކްރިމިނޮލޮޖީ އެންޑް ފޮރެންސިކް ސައިކޮލޮޖީ  
  6. އެޕްލައިޑް ޕޮޒިޓިވް ސައިކޮލޮޖީ  
  7. އެޕްލައިޑް ސައިކޮލޮޖީ  
  8. އެޕްލައިޑް ސައިންސް ސައިކޮލިޖީ  
  9. އެޕްލައިޑް ސޯޝިއޮލޮޖީ  
  10. ކައުންސެލިންގ  
  11. ކައުންސެލިންގ ސައިކޮލޮޖީ  
  12. ކްރިމިނަލް ޖަސްޓިސް  
  13. ކްރިމިނޮލޮޖިކަލް ރިސަރޗް  
  14. ކްރިމިނޮލޮޖީ  
  15. ކްރިމިނޮލޮޖީ އެންޑް ކްރިމިނަލް ސައިކޮލޮޖީ  
  16. ކްރިމިނޮލޮޖީ އެންޑް ފޮރެންސިކް އިންވެސްޓިގޭޝަން  
  17. ކްރިމިނޮލޮޖީ އެންޑް ފޮރެންސިކް ސްޓަޑީސް  
  18. ކްރިމިނޮލޮޖީ އެންޑް ލޯ  
  19. ކްރިމިނޮލޮޖީ އެންޑް ޕޮލިސިންގ  
  20. ސައިބަރ ކްރައިމް  
  21. ޑިވެލޮޕްމަންޓް ސްޓަޑީޒް  
  22. ޑިސޭބިލިޓީ އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން  
  23. އަރލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން  
  24. އެޑިއުކޭޝަނަލް ސައިކޮލޮޖީ  
  25. ޖެންޑަރ ސްޓަޑީޒް  
  26. ޖަސްޓިސް ލޯ އެންޑް ކްރިމިނޮލޮޖީ  
  27. މެޑިސިން  
  28. އޮކިއުޕޭޝަނަލް ތެރަޕީ  
  29. ޕޮލިޓިކަލް ސައިންސް  
  30. ޕްރައިމަރީ ހެލްތް ކެއަރ  
  31. ސައިކޮލޮޖިކަލް ކައުންސެލިންގ  
  32. ސައިކޮލޮޖީ  
  33. ޕަބްލިކް ޕޮލިސީ  
  34. ރީހެބިލިޓޭޝަން  
  35. ރީހެބިލިޓޭޝަން ސައިންސް  
  36. ރީހެބިލިޓޭޝަން ސައިންސް އެންޑް ފިޒިއޮތެރަޕީ  
  37. ރީހެބިލިޓޭޝަން ތެރަޕީ  
  38. ސޯޝަލް ޕޮލިސީ  
  39. ސޯޝަލް ސަރވިސަސް  
  40. ސޯޝަލް ވޯރކް  
  41. ސޯޝިއޮލޮޖީ  
  42. ސްޕެޝަލް އެޑިޔުކޭޝަން

 

މަޤާމުގެ މަސައްކަތު ދާއިރާތައް:

ރީހިބިލިޓޭޝަން ފަރުވާއާގުޅޭ މަސައްކަތްތަކުގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.home.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހުގެ) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ސެޕްޓެމްބަރު 03 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 ސެޕްޓެމްބަރު 06 އާއި 15 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031543ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

 13 ރަބީޢުލްއައްވަލް 1448

26 އޮގަސްޓް 2026