ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-CA/399/2026/76
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 20:44
ސުންގަޑި: 06 ސެޕްޓެންބަރު 2026 13:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
(IUL)399-CA/399/2026/68 (10 އޯގަސްޓް 2026) ނަމްބަރ އިޢުލާނު -- ފުރަތަމަ އިސްލާޙް

ލ. ގަމު މަތިމަރަދޫ އިންޑަސްޓްރިއަލް ޒޯނުން 3 ބިން (3،677 އަކަފޫޓްގެ 2 ބިމާއި 18،623 އަކަފޫޓުގެ ބިމެއް) ކުއްޔަށް ދިނުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް އަދި ޗާރޓަށް  އިތުރު އިސްލާޙުތަކެއް ގެނައުމާއި ގުޅިގެން އެ އިޢުލާނުގައި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ތާރީހް 06 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ބަދަލުކުރެވިފައި ވާހަކަ ދަންނަވަމެވެ. އަދި ބިޑް ހުށަހެޅޭނީ 17 އޯގަސްޓް 2026 ގެ 12:00 އާއި ހަމައަށް ބީލަމުގައި ރަޖިސްޓްރީވުމަށް ބިޑް ޑޮކިއުމަންޓް ގަނެފައިވާ ފަރާތްތަކަށް ކަމުގައިވެސް އަންގަމެވެ.

25 އޮގަސްޓް 2026