މަސައްކަތް
ނަންބަރު: GS123/2016/10
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 16 ފެބުރުވަރީ 2016 10:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ޕްރީ ސްކޫލް ދަރިވަރުންގެ ފާޚާނާއެއް ޢިމާރާތް ކުރުން

އިޢުލާން

ޕްރީ ސްކޫލް ދަރިވަރުންގެ ފާޚާނާއެއް ޢިމާރާތް ކުރުން

މި ސްކޫލުން ފާޚާނާއެއް ޢިމާރާތް ކުރުމަށް ކުރި ނަންބަރު GS123/2016/9ފ(2 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެކަމަށް އެދި އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ، ފާޚާނާ ހެދުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، ވަގުތުގެ ކުރިންނާއި ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައިކަން އެނގޭނެ ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ސްކޫލުގެ ނަންބަރު 6580359 ފޯނާއެވެ.

1 ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016