ދިވެހިރާއްޖެ
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 11 ސެޕްޓެމްބަރ 2026 އިން 20 ސެޕްޓެމްބަރ 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " 50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2026 " ގެ ޤަވައިދުގައި ބިދޭސީ ކުޅުންތެރިން ނުވަތަ ރާއްޖެއިން ބޭރުގެ ކުޅުންތެރިން ޓީމް އިވެންޓްގައި ހިމެނުމުގައި މި ކުޅުންތެރިން އެކުގައި ޕެއަރ ނުކުރެވޭނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
އަދި ޤަވާއިދުގައި މިކަން ވަކިން ސާފުކޮށްދީ ހިމަނާ ޕަބްލިޝް ކުރެވިފައިވާކަން ދަންނަވަމެވެ.
މުބާރާތުގެ ޤަވާއިދު : އިޢުލާނާއި އެކު ގެޒެޓް ކުރެވިފައި
- · މުބާރާތުގެ ޤަވާއިދު ޑައުންލޯޑް ކުރުމަށް 21 އޮގަސްޓް 2026 ގައި އެންޑޯޒް ކުރެވުނު: 50th NBT 2026 - REGULATIONS
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.