ދިވެހިރާއްޖެ
އިޢުލާން
އިޖުތިމާޢީ ސަރަޙައްދު ކުނިކެހުމާބެހޭ
އިޖުތިމާޢީ ސަރަޙައްދުގެ ގޮތުގައި ކުނިކަހައި ސާފުކުރުމަށް އޮންނަ ސަރަޙައްދުތަކާއި، ތަންތަން ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ކައުންސިލުގެ ނަންބަރު: 258/2016/06 (IUL)ފ(25 ޖަނަވަރީ 2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް އަގު ބަޔާންކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މިފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.
01 ޖުމާދަލްއޫލާ 1437