ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2026/177
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 16:33
ސުންގަޑި: 29 އޮގަސްޓް 2026 16:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޖަރނަލިސްޓް (ރޭޑިއޯ)

މަޤާމް

އެސިސްޓެންޓް ޖަރނަލިސްޓް (ރޭޑިއޯ)

ބޭނުންވާ ޢަދަދު:

03 (ތިނެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް:

ނިވްސް އެންޑް ކަރަންޓް އެފެއާޒް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން)

މުސާރަ

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/550 ރުފިޔާ (މަހަކު އެންމެ ގިނަވެގެން  -/15,000 ރުފިޔާ)

ތައުލީމާއި ތަޖްރިބާގެ ޝަރުތު:

  • ސާނަވީ އިމްތިހާނުން ދަށްވެގެން ދެ މާއްދާއިން "ޑީ" ގްރޭޑް ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރޭޑިއޯ ނިވްސް އޮންއެއަރ ފުރިހަމަކުރުމަށް ބޭނުންވާ ޙަބަރު ގަޑިއަށް ފޮނުވިފައި ހުރިތޯ ބަލާ ޗެކްކުރުން؛
  • ދިވެހި ރައްޔިތުންނަށް ދުވަހުން ދުވަހަށް ފޯރުކޮށްދޭ ޚަބަރުތައް އެންމެ ހަލުވިކޮށް އެންމެ އަވަސްމިނުގައި ގެނެސްދިނުމަށް ކުރަން ޖެހޭ މަސައްކަތް އޯޑިއަންސް ހިތްހަމަޖެހޭފަދަ ކޮލިޓީއެއްގައި ހެދުމަށް ގަދައަޅާ މަސައްކަތްކުރުން.؛
  • އެޑިޓަރުންގެ މަސައްކަތުގައި އެހީތެރިވެދިނުމާއި ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއި އިޚްލާސްތެރިކަމާއެކު ކުރުން؛
  • ރޭޑިއޯ ޕްރޮގްރާމްތައް ޕްރޮޑިއުސްކުރުން ނުވަތަ އެހީތެރިވެދިނުމާއި ޕްރޮޑިއުސް ކުރުމުގައި ޕްރޮޑިއުސަރެއްގެ ރޯލާއި ޒިންމާ ފުރިހަމައަށް އަދާކުރުން؛
  • ކޮންސޯލް އޮޕަރޭޓްކުރުމާއި، ސްޓޫޑިއޯގައި ހަރަކާތްތެރިވުން ނުވަތަ އެހީތެރިވެދިނުން؛
  • ނިއުސްރޫމުން އޮންއެއަރ ކުރާ ކޮންޓެންޓްތައް ރޭޑިއޯއާއި އޮންލައިން އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށް  ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން؛
  • ރޭޑިއޯ އަށް ހަދާ ޚަބަރާއި، ރިޕޯރޓްތަކުގެ (އޯޑިއޯ) މެޓީރިއަލް އެޑިޓްކުރަން ޖެހޭ ޙާލަތްތަކުގައި އެމަސައްކަތް ކުރުން ނުވަތަ އެމަސައްކަތުގައި އެހީތެރިވެދިނުން ؛
  • ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ކުރާ މަސައްކަތްތަކަށް އާޚިޔާލާއި އައު އުފެއްދުންތައް ދީ ޕްރޮޑަކްޝަން ރީތި ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރުން؛
  • ޝެޑިއުލިންގ އަށް ބޭނުންވާ ނިއުސް ކޮންޓެންޓްތަކުގެ މައުލޫމާތު ކަމާގުޅުން ހުރި ފަރާތްތަކަށް ދުވަހުން ދުވަހަށް ފޯރުކޮށްދިނުން؛
  • ނިއުސްރޫމުން ލައިވް ކޮށް އަދި ރެކޯޑް ކުރާ ކޮންޓެންޓް ތަކުގެ ލޮގް ބެލެހެއްޓުން ނުވަތަ އެމަސައްކަތް ކުރާ އެހެން ފަރާތްތަކަށް އެހީތެރިވެދިނުން؛ 
  • ރޭޑިއޯ، އޮންލައިން، ސޯޝަލް މީޑިއާގައި ހިމެނުމަށް އުފައްދާ ކޮންޓެންޓުގެ ޕްރޮޑަކްޝަން މަސައްކަތްތައް، ކަރަންޓް އެފެއާޒް ޕްރޮގްރާމްތަކުގެ ޕްރޮޑަކްޝަން ކޮލިޓީ ވަޒަންކޮށް ޔަޤީންކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.
  • ތަޢުލީމީ ފެންވަރާއި މަސައްކަތު ތަޖްރިބާގެ ލިޔުންތައް.

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
    • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)
    • ޕާސްޕޯޓް ސައިޒުގެ ތިންމަސް ނުވާ ފޮޓޯ

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 29 އޯގަސްޓް 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ރެކްރޫޓްމަންޓް މެއިލް [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000376، 3000207 އާއި ގުޅުއްވުން އެދެމެވެ.

24 އޮގަސްޓް 2026