ދިވެހިރާއްޖެ
މި ކައުންސިލްގައި ހުރި ބައެއް ބައު ތަކެތީގެ ނީލަން ކިޔުން 28 އޮގަސްޓް 2026 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:30 ގައި މި ކައުންސިލްގެ ގޯތި ތެރޭގައި އޮންނާނެއެވެ. ނީލަމުގައި ބައިވެރިވެވޭނީ ނީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ނީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް މި އިދާރާއަށް ޙާޟިރުވެ ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ފޯނުން ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައި.ޑީ.ކާޑު ނަންބަރު، މޯބައިލް ނަންބަރު އެނގޭގޮތަށް 7841515 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ. ނީލަމުގައި ރަޖިސްޓްރީވުން ކުރިއަށްދާނީ 28 އޮގަސްޓް 2026 ވާ ހުކުރު ދުވަހުގެ 14:15 އާއި ހަމައަށެވެ. ނީލަން ކިޔޭ ތަކެތީގެ ލިސްޓް ނީލަން ކިޔުމުގެ 01 ދުވަސްކުރިން މި ކައުންސިލްގެ ފޭސްބުކްޕޭޖް އަދި ކޮމިއުނިޓީ ގްރޫޕްގައި ހިއްސާ ކުރެވޭނެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.