ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)123-HR/123/2026/117
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 03 ސެޕްޓެންބަރު 2026 14:00
އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އެންޓި-ކޮރަޕްޝަން ޓްރޭނިންގ ސްޕެޝިއަލިސްޓް

މަޤާމް :އެންޓި-ކޮރަޕްޝަން ޓްރޭނިންގ ސްޕެޝިއަލިސްޓް
ބޭނުންވާ އަދަދު :1

 

އެންޓިކޮރަޕްޝަން ކޮމިޝަން

މާލެ، ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު

ތާރީޚް:

11 ރަބީޢުލްއައްވަލް 1448

24 އޮގަސްޓް 2026

ނަންބަރު:

(IUL)123-HR/123/2026/117

މަޤާމް:

އެންޓި-ކޮރަޕްޝަން ޓްރޭނިންގ ސްޕެޝިއަލިސްޓް

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 10، ސްޓެޕް 1

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތް ކުރަންޖެހޭ ތަން:

އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ

ޑިވިޝަން:

މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑެމީ

އަސާސީ މުސާރަ:

-/16،005 (ސޯޅަ ހާސް ފަސް ރުފިޔާ)

މަޤާމުގެ އެލަވަންސް:

-/7،470 (ހަތް ހާސް ހަތަރު ސަތޭކަ ހަތްދިހަ ރުފިޔާ)

އެހެނިހެން އެލަވަންސް:

ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް 200/- ރުފިޔާ

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް

 ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ޝަރުތު:

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 10  ގެ ސަނަދެއް  ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 09 ގެ ސަނަދެއް  ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 08 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.  ނުވަތަ؛
  3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 07 ނުވަތަ 08 ގެ ސަނަދެއް  ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
  4.  ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން   ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެންޓި-ކޮރަޕްޝަން ސްޓަޑީޒް، ޑިޕްލޮމަސީ، ފިލޯސަފީ، ޝަރީޢާ އެންޑް ލޯ، ފައިނޭންސް، އެކައުންޓިންގ، އެޑްވޮކަސީ، ޕަބްލިކް ޕޮލިސީ، ޕޮލިޓިކަލް ސައިންސް، ގަވަނެންސް، ހިއުމަން ރައިޓްސް، ސޯޝަލް ސައިންސް، ސޯޝޮއޮލޮޖީ، ލޯ، ޝަރީޢާ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް، އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ، ލަރނިންގ އެންޑް އޮގަނައިޒޭޝަނަލް ޗޭންޖް، ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް، އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް، ވަރކްފޯސް ލަރނިންގ އެންޑް ޕަފޯމަންސް، ބިޒްނަސް އެނަލިސިސް އެންޑް ޕަފޯމަންސް، ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް.

ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން، ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަނަލް ޓެކްނޮލޮޖީ، ކަރިކިއުލަމް ޑިޒައިން އެންޑް އިނޮވޭޝަން، ކަރިކިއުލަމް ސްޓަޑީޒް.

އެޑިއުކޭޝަން މެނޭޖްމަންޓް، އެޑިއުކޭޝަނަލް ލީޑަރޝިޕް އިން އެޑިއުކޭޝަން، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން، ޓީޗަރ ލީޑަރޝިޕް، ޗޭންޖިންގ، އެޑިއުކޭޝަން، އެޑިއުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ، އެޑިއުކޭޝަނަލް ޓްރާންސްފޯމޭޝަން، އެޑިއުކޭޝަނަލް ސައިކޮލޮޖީ.

ހިއުމަން ޓެލަންޓް މެނޭޖްމަންޓް، ލީޑަރޝިޕް އެންޑް ޓެލެންޓް މެނޭޖްމަންޓް އިންޓަނޭޝަނަލް ކްރިމިނަލް ލޯ، ޕަބްލިކް އިންޓަނޭޝަނަލް ލޯ، އެކައުންޓިންގ، ފައިނޭންސް، އޮޑިޓިންގ، އިކޮނޮމިކްސް، ޕަބްލިކް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް މާރކެޓިންގ، ފައިނޭންޝަލް ޕްލޭނިންގ، ކޯޕަރޭޓް ފައިނޭންސް، ބޭންކިންގ، އިސްލާމިކް ފައިނޭންސް، ފައިނޭންޝަލް އިކޮނޮމިކްސް، ގަވަރނަންސް، ފިލޯސަފީ އެންޑް އެތިކްސް.

ފޮރެންސިކްސް،ފޮރެންސިކް ސައިންސް، ޑީޖިޓަލް ފޮރެންސިކްސް، ފޮރެންސިކް ކޮމްޕިއުޓިންގ، ފޮރެންސިކް އިންވެސްޓިގޭޝަން، ފޮރެންސިކް އެކައުންޓިންގ، ކްރިމިނޮލޮޖީ.

އިންޓެލިޖެންސް، ކްރައިމް ޖަސްޓިސް، ކޯޕަރޭޓް އިންވެސްޓިގޭޝަން، ގަވަރނަންސް، އެޑްމިނިސްޓްރޭޓިވް އިންވެސްޓިގޭޝަން.

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

ކޮރަޕްޝަން ތަޙުޤީޤު ކުރުމާއި، ވިޔަ ނުދިނުމުގެ ދާއިރާގެ  މަސައްކަތްތަކާއި މަގާމަށް އައްޔަންކުރާ ތަޢުލީމީ ދާއިރާއާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

މައިގަނޑު މަސައްކަތް:

  1. ޕްރޮގްރާމްތައް ފަރުމާކުރުމާއި، ކޮންޓެންޓް ތައްޔާރުކުރުމާއި، ޕްރްގްރާމްތަކުގެ ކަރިކިއުލަމް/ ކޮންޓެންޓް ރިވިއުކޮށް ގެންނަންޖެހޭ ބަދަލު ގެނައުން
  2. ކިޔަވައިދޭ ނުވަތަ ބަލަހައްޓާ މޮޑިއުލްތަކުގެ މެޓީރިއަލްތަކާއި އެސެސްމަންޓް އަދި ޓިއުޓޯރިއަލް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުމާއި އަދާހަމަކޮށް ބެލެހެއްޓުން 
  3. އެކެޑަމީގެ ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި ކިޔަވައިދިނުން
  4. ކިޔަވައިދިނުމާއި އުނގެނުމާ ގުޅޭ މަސައްކަތްތައް ރާވައި ހިންގުމާއި ޒަމާނީ އައު ތަޢާރަފުކޮށް ބޭނުންކުރުން
  5. ޕްރޮގްރާމްތަކުގެ އެސެސްމަންޓް ތައްޔާރުކޮށް، އިމްތިހާންތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން 
  6. ޕްރޮގްރާމްތަކުގެ ފީޑްބެކް ހޯދައި އިވެލުއޭޓްކޮށް ރިވިޔު ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުން
  7. އެކެޑެމީގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ނަތީޖާ ޙާޞިލްކުރުމަށްޓަކައި ގުޅުން ހުރި އިދާރާތަކުގެ އެހީތެރިކަން ހޯދައި ގުޅިގެން މަސައްކަތްކުރުން
  8. އެކެޑެމިކް ކަންކަމާއި ގުޅިގެން ބަލަހައްޓަންޖެހޭ ލިޔެކިއުން ބެލެހެއްޓުމާއި ތައްޔާރު ކުރަންޖެހޭ ރިޕޯޓްތައް އެކުލަވާލައި ހުށަހެޅުން
  9. އެކެޑެމީއަށް ދަރިވަރުން ހޯދުމުގައާއި ދަރިވަރުން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން
  10. ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ގަވާއިދުން ދަރިވަރުންގެ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން
  11. ދަރިވަރުންގެ އަޚްލާޤާއި ސްލޫކީ ކަންކަން ބެލެހެއްޓުމާއި އެކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  12. އެކެޑެމީގެ ޕްލޭންތަކާއި އެކެޑެމިކް ކަލަންޑަރު އެކުލަވައިލުމުގައާއި މުރާޖަޢާ ކުރުމުގައި އެހީތެރިވުން
  13. އެކެޑެމީގެ އެކިއެކި ކޮމިޓީތަކުގައާއި އެހެނިހެން ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމިޓީއިން ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުން 
  14. ކޮމިޝަނުން ކުރިއަށްގެންދާ ޕްރިވެންޝަންގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި، އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  1. ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20 )
  2. މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ )
  3. ޕްރެޒެންޓޭޝަން ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
  4. އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )

އެޕްލިކޭޝަން ސުންގަޑި:

03 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.

ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން    ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
  6. ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )

 

އިތުރު މަޢުލޫމާތު:

 

 

  1. ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް، މަޤާމުގެ ޝަރުތު ހަމަވާނަމަ، ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
  3. އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
  4. މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
  5. ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމަތޯ ނުވަތަ ހުށަހަޅާފައިވަނީ ރަނގަޅު ލިޔެކިއުންތައްކަން ކަށަވަރު ކުރުމަކީ ވަޒީފާއަށް އެދި ހުށަހަޅާފަރާތުގެ ޖިންމާއެކެވެ.
  6. މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.
  7. ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް  ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015217 / 3015265

އީމެއިލް: [email protected]

 

 

24 އޮގަސްޓް 2026