ދިވެހިރާއްޖެ
(IUL)337-PP/337/2026/64 ނަންބަރު
އިޢުލާން
މާފުށީ ކައުންސިލަށް ލީގަލް ކޮންސަލްޓެންޓެއް ނެގުމާއި ގުޅޭ
މި ކައުންސިލަށް ޤާނޫނީ ލަފާ ދިނުމަށާއި، ކައުންސިލަށް ބޭނުންވާ ޤާނޫނީ އެންމެހައި މަސައްކަތްތައް ކުރުމަށާއި، އަދި އެންމެހައި އުސޫލުތަކާއި ގަވާއިދުތައް އެކުލަވައިލުމަށްޓަކައި ލީގަލް ކޮންސަލްޓެންޓެއް ނެގުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް:
|
ތަޢުލީމް |
30% |
|
ތަޖުރިބާ |
30% |
|
ޕްރޮޕޯސަލް |
40% |
|
ޕްރޮޕޯސަލް ހުށަހެޅުން: |
07 ސެޕްޓެންބަރު 2026 ވަނަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި |
ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިއެވެ. ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073/ 7201050 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
11 ރަބީޢުލްއައްވަލް 1448
24 އޮގަސްޓު 2026