މަސައްކަތް
ނަންބަރު: (IUL)304-EDS/304/2016/5
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 22 ފެބުރުވަރީ 2016 13:30
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވާފަރު ފުޓްބޯޅަ ސްޓޭޑިއަމްގެ ފޭސް 2 ގެ މަސައްކަތްތައް ކުރުމާބެހޭ

އިޢުލާން

ދުވާފަރު ފުޓްބޯޅަ ސްޓޭޑިއަމްގެ ފޭސް 2 ގެ މަސައްކަތްތައް ކުރުމާބެހޭ

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ފުޓްބޯޅަދަނޑުގެ ވަށައިގެން ފެންސް ޖެހުމާއި ފުޓްބޯޅަދަނޑު ތަރައްޤީކުރުމުގެ ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން، ފުޓްބޯޅަ ސްޓޭޑިއަމްގެ ފޭސް 2 ގެ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.

ވީމާ، ދުވާފަރުގެ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

22 ފެބުރުވަރީ 2016

ހޯމަ

13:30

ބިޑް ހުށަހެޅުން

25 ފެބުރުވަރީ 2016

ބުރާސްފަތި

13:30

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ފޮނުވަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

11 ފެބުރުވަރީ 2016