ޢާންމު މަޢުލޫމާތު
ނަންބަރު: 550-A/2026/11
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 05 ސެޕްޓެންބަރު 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އިޢުލާން

މި ކޯޓްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއްތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިއުން 2026 ސެޕްޓެމްބަރ 05  ވާ ހޮނިހިރު ދުވަހުގެ 13:00ގައި މި ކޯޓްގައި އޮންނާނެއެވެ.

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 04 ވާ ހުކުރު ދުވަހުގެ 14:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2026 ސެޕްޓެމްބަރ 05 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:00 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބުކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރިޕޯޓަލް https:bp.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު  ސަރުކާރު ބަންދު ނޫން 03 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.  އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓްގެ ނަންބަރު 6560027 ފޯނަށް ގުޅުއްވުން އެދެމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

24 އޮގަސްޓް 2026