ދިވެހިރާއްޖެ
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން "ދި ޔުނިޓީ ޗެންޕިއަންޝިޕް" ގެ ނަމުގައި 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުޅިވަރު މުބާރާތެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ނޮވެންބަރު 03 އިން ފެށިގެނެވެ. މިއީ ދެޖިންސަށް ހާއްސަ ކުރެވިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް އެކުލެވިގެންވަނީ 2 އެޑިޝަނަށެވެ. އެއީ ހޭންޑްބޯޅަ އެޑިޝަން (އަންހެން ޑިވިޝަން) އަދި ފުޓްސަލް އެޑިޝަން (ފިރިހެން ޑިވިޝަން) އެވެ.
މިމުބާރާތުގެ ދެއެޑިޝަން ވެސް ޗެމްޕިއަން ޓީމަށް 15,000/- (ފަނަރަހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 5,000/- (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތައް ރަޖިސްޓާކުރުމާއި ޓީމް ލިސްޓް ހުށަހެޅުން ކުރިއަށް ދާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.
|
|
|
ހުޅުވާލާ ތާރީޚް |
ސުންގަޑި |
|
ޓީމް ރަޖިސްޓްރީ ކުރުން |
ހޭންޑްބޯޅަ އަދި ފުޓްސަލް |
23 އޮގަސްޓު 2026 |
15 ސެޕްޓެންބަރު 2026 | 14:00 |
|
ޓީމް ލިސްޓް ހުށަހެޅުން |
ހޭންޑްބޯޅަ އަދި ފުޓްސަލް |
ޓީމް ރަޖިސްޓްރީކުރާ ތާރީޚުން ފެށިގެން |
15 ސެޕްޓެންބަރު 2026 | 14:00 |
ޓީމް ރަޖިސްޓްރީކުރުމަށް: https://forms.gle/Rc2KZ3o1bar6Kid4A
ވީމާ، މަތީގައިވާ ލިންކް މެދުވެރިކޮށް ޓީމް ރަޖިސްޓްރީކުރުން އެދެމެވެ. އަދި ޓީމް ރަޖިސްޓްރީކުރުމުން ޓީމް ލިސްޓް ހުށަހެޅުމަށް ރަޖިސްޓްރީކުރާ އީމެއިލަށް ލިންކް ފޮނުވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 6780701 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ