ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ރަށު ކައުންސިލްތައް މެދުވެރިކޮށް ދިނުމުގެ ފުރުސަތު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައްވާފައިވާތީ، ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ އިމްތިޙާނުތައް ކުރިއަށް ގެންދިއުމަށްޓަކައި އެގްޒަމިނަރަކު ބޭނުން ވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މަތީގައި ބާޔާންކޮށްފައިވާ ލިޔެކިޔުންތައް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ޝަރުތުތައް:
1- ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީތަކުގެ ލައިސަންސް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
2- ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގިފަހުން، 1 (އެކެއް) އަހަރު ދުވަހު އުޅަނދުފަހަރު ދުއްވުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުކިޔުންތައް:
- ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ކޮޕީ
- ނިޔަމިކަމުގެ ސަނަދުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ