މަސައްކަތް
ނަންބަރު: (IUL)391/391/2026/93
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 27 އޮގަސްޓް 2026 11:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިދާރާގެ ކޮންފަރެންސް ރޫމް އޭސީ ފުލްސަރވިސް ކޮށްދިނުމާއި ހާޖީ މިސްކިތު 02 އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

 

ނަންބަރު:  (IUL)391/391/2026/93

 

އިޢުލާން

 

އިދާރާގެ ކޮންފަރެންސް ރޫމް އޭސީ ފުލްސަރވިސް ކޮށްދިނުމާއި ހާޖީ މިސްކިތު 02 އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

މިރަށު ހާޖީ މިސްކިތުގައި 02 އޭސީ ހަރުކޮށްދިނުމާއި އިދާރާގެ ކޮންފަރެންސް ރޫމްގެ އޭސީ ފުލްސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 27 އޮގަސްޓް 2026 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6780674 އާ ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

24 އޮގަސްޓް 2026