ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2026/74
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 30 އޮގަސްޓް 2026 11:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026" ކުރިއަށްދާ މުއްދަތުގައި ވޮލީ ދަނޑު ސަރަޙައްދުން ގާޑިޔާ ހިންގުމަށް ކުއްޔަށް ދޫކުރުމާގުޅޭ

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން 01 ސެޕްޓެމްބަރ 2026 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026" ގެ މެޗްތައް ކުރިޔަށް ދާ ވަގުތުތަކުގައި އެ ސަރަޙައްދުގައި ގާޑިޔާ ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކޮށް ބީލަން ސިޓީ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރާތް ކުރިޔަށް ދާނީ 01 ސެޕްޓެމްބަރ 2026 އިން 08 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ ނިޔަލަށް، ކެނދިކުޅުދޫ ޓާފް ވޮލީ ދަނޑުގައެވެ.

ގާޑިޔާ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ:

އަދަދު

ބާވަތް

ތަން

ތަނުގެ ބޮޑުމިން

އެންމެ ކުޑަ އަގު

2

މޭޒު/ގާޑިޔަ

ދަނޑުގެ ހުނޅަގު އަދި އިރުމަތި ފަރާތް

10'*'09  

ދުވާލަކަށް -/350ރ

ގާޑިޔަލުގައި ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި އަދި އުފެދޭ ކުނި މެނޭޖް ކުރުމަކީ ކުއްޔަށް ނަގާ ފަރާތުގެ ޒިންމާއެކެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ބީލަން ސިޓީ ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރާނެ ފަރާތެއް ހޮވާނީ ގުރުއަތުންނެވެ. ކޮންމެ ފަރާތަކަށްވެސް ސިޓީ ހުށައެޅޭނީ އެއް ސްލޮޓްއަށެވެ. އެއް ސްލޮޓްއަށް ވުރެއިތުރަށް އެއްފަރާތަކުން ސިޓީ ހުށަހަޅައިފިނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ސިޓީއެއް ބާޠިލް ކުރެވޭނެއެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ކައުންޓަރު ނަންބަރު 6560668 އަށް ގުޅުއްވުމަށް ދަންނަވަމެވެ. ނުވަތަ މި ކައުންސިލްގެ މުނިސިޕަލް އަދި ޕްރޮޖެކްޓްސް ވައިބަރ ނަންބަރ، 9442745 އަށް ވައިބަރ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ[email protected]  އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

ބީލަން ނުވަތަ ސިޓީ ކަރުދާހުގެ އަސްލު ހުށަހަޅުއްވަންވާނީ ސިޓީއުރައިގާ ބަންދު ކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި " ގާޑިޔާ ހިންގުމަށް" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ޖެހުމަށް ފަހުގައެވެ.

ވީމާ، "ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026" ކުރިއަށްދާ މުއްދަތުގައި އެސަރަހައްދުގައި ގާޑިޔާ ހިންގުމަށް، ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީ ބަލައިގަތުމާއި ހުޅުވުން އޮންނާނީ 30 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11 ރަބީއުލްއައްވަލް 1448

24 އޮގަސްޓް 2026