ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2026/70
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:46
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމަށް ވަޑައިގަތުމުގެ ދަޢުވަތު

ކައުންސިލުން ތައްޔާރުކޮށްފައިވާ ވައު ބޭނުންކުރުމުގެ އުސޫލާ މެދު ރައްޔިތުންގެ މަޝްވަރާއާއި ހިޔާލުހޯދުމަށްޓަކައި ބޭއްވޭ ބައްދަލުވުމެއް 26 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ހދ ފިނޭ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

ބައްދަލުވުމުގެ އެޖެންޑާ

-          ވައު ބޭނުންކުރުމުގެ އުސޫލާ މެދު މަޝްވަރާކުރުން

 

ވީމާ، މި ބައްދަލުވުމަށް ހދ ފިނޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

މި އިއުލާނާއެކު، ކައުންސިލުން ތައްޔާރުކޮށްފައިވާ ވައު އުސޫލުގެ ޑްރާފްޓް އެއްކަރުދާސް ކުރީމެވެ.

24 އޮގަސްޓް 2026