ދިވެހިރާއްޖެ
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ "ސޮޕިންގ" އުސޫލުން (ޖުމްލަ އަގު 35,000/- (ތިރީސް ފަސްހާސް) ރުފިޔާއިން ދަށުގެ) މި އިދާރާއިން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ވެންޑަރ ރަޖިސްޓްރީއެއް އެކުލަވާލުމުގެ މަޤްސަދަކީ މިފަދަ ޚިދުމަތް/މަސައްކަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއްދިނުމެވެ.
ވީމާ، ވެންޑަރއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން 2026 އޮގަސްޓް 30 ވަނަ ދުވަހުގެ 14:00ގެ ކުރިން އިޢުލާނާއެކު ހިމެނިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ރަޖިސްޓަރީވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރު 6540056 އާ ގުޅުއްވުން އެދެމެވެ.
ރަޖިސްޓްރީވުމަށް އެދޭ ފޯމުގެ ލިންކް:https://forms.gle/qj9icoEeQuokJyZV8
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.